ޕްރައިވެސީގެ މައްސަލަތަކާ ހެދި އިޓަލީގައި ޗެޓް ޖީޕީޓީ މަނާކޮށްފި!

ޕްރައިވެސީގެ މައްސަލަތަކާ ހެދި އިޓަލީގައި ޗެޓް ޖީޕީޓީ މަނާކޮށްފި!
ލިޔުން:
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެޕްލިކޭޝަން، ޗެޓްޖީޕީޓީ އިޓަލީގައި ބޭނުންކުރުން މަނާކޮށްފިއެވެ.
އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ، މައިކްރޮސޮފްޓްގެ އެހީތެރިކަމާއެކު އުފެއްދާފައިވާ ޗެޓް ޖީޕީޓީގެ ސަބަބުން ޕްރައިވެސީގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. ޗެޓް ޖީޕީޓީ ބޭނުންކުރުން މަނާކޮށް ތަހުގީގެއް ފަށާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އޯޕަންއޭއައި އިން ބީބީސީއަށް ބުނީ، އެ ކުންފުނިން ޕްރައިވެސީ އުސޫލަށް ބޯލަނބާ ކަމަށެވެ.
2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފްކުރި ޗެޓްޖީޕީޓީ، އެތައް މިލިއަން ބަޔަކު ދަނީ ބޭނުން ކުރަމުންނެވެ.
ޗެޓްޖީޕީޓީއަށް އިންސާނުން ވާހަކަދައްކާ އުސޫލުން ބޭނުން ކޮންމެ ކަމަކާއި ގުޅޭ ޖަވާބު ދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ. ތަފާތު މައުލޫތަކަށް އާޓިކަލް ލިޔުމާއި، ކޯޑް ލިޔުމާއި އަދި ބޮޑެތި ކަލްކިއުލޭޝަންސް ހެދުމުގެ ގާބިލުކަންވެސް އެ އެޕްލިކޭޝަން ލިބިގެންވެއެވެ.
އޯޕަންއޭއައި އަށް އިޓަލީގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީން 20 ދުވަހުގެ މުއްދަތެއްދީފައެވެ. ޖަވާބުދާރީ ނުވެވިއްޖެނަމަ 20 މިލިއަން ޔޫރޯއިން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އޯޕަންއޭއައި އިން ބުނީ ބަގެއްގެ ސަބަބުން އެ ބައެއް ޔޫޒަރުންގެ ޗެޓް ހިސްޓްރީތައް އެހެން ޔޫޒަރުންނަށް ފެންނަ ގޮތް ވެފައިވާ ކަމަށެވެ.
ކުންފުނިން ވަނީ އެކަމަށް މާފަށް އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
