މާލެ: 31°C

14 އަހަރު ކުރިން މަރުވިކަމަށް ނިންމާފައިވާ ޕްރަބާކަރަން ދިރިހުރި ކަމަށް ބުނާ ވާހަކަތަކެއް!

February 14, 2023
2 ފަހަރު ބަލާފައި
14 އަހަރު ކުރިން މަރުވިކަމަށް ނިންމާފައިވާ ޕްރަބާކަރަން ދިރިހުރި ކަމަށް ބުނާ ވާހަކަތަކެއް!
14 އަހަރު ކުރިން މަރުވިކަމަށް ނިންމާފައިވާ ޕްރަބާކަރަން ދިރިހުރި ކަމަށް ބުނާ ވާހަކަތަކެއް!
ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލަމް (އެލްޓީޓީއީ)ގެ ވެރިޔާ ވެލުޕިއްލައި ޕްރަބާކަރަން ދިރިހުރި ކަމަށާއި އާންމުންގެ ތެރެއަށް އޭނާ ވަރަށް އަވަހަށް ނިކުންނާނެ ކަމަށް އިންޑިއާގެ ތަމަޅަ ނޭޝަނަލިސްޓް ލީޑަރު ޕަޒާ ނެދުމަރަން ވިދާޅުވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕްރަބާކަރަން މަރުވީ މީގެ ދިހަ ވަރަކަށް އަހަރު ކުރިންނެވެ. ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ އެންމެ ފަހު މަރުހަލާގައި އޭނާ މަރާލަފައިވަނީ ލަންކާގެ އަސްކަރިއްޔާއިންނެވެ. އޭނާގެ ހަށިގަނޑު ދެނެގަތީ އެލްޓީޓީއީގެ ކުރީގެ ލީޑަރު ކަރުނާ އައްމާންއެވެ. އޭރު ޕްރަބާކަރަންގެ ހަށިގަނޑުގެ ފޮޓޯއެއް ވެސް އާއްމުކުރިއެވެ. ނަމަވެސް ނެދުމަރަން ވިދާޅުވީ އެލްޓީޓީއީގެ ވެރިޔާ ދިިރިހުރި ކަމަށެވެ. އަދި އާންމުންގެ ތެރެއިން ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެލްޓީޓީއީގެ ކުރީގެ ވެރިޔާގެ އާއިލާއިން ވެސް އޭނާއާ ގުޅަމުން އަންނަ ކަމަށާއި ޕްރަބާކަރަން ސަލާމަތްވެފައިވާ ކަމުގެ ހަބަރު ހިއްސާ ކުރަނީ އެ މީހުންގެ ހުއްދައާ އެކު ކަމަށެވެ. "ޕްރަބާކަރަންގެ މަރުގެ ރަސްމީ އެއްވެސް ރެކޯޑެއް ލަންކާއިން ހާމަކޮށްފައެއް ނުވޭ. އެންމެ ފޮޓޯއެއް ނެރުނީ. އޭނާގެ އަންހެނުން މަތިވަތަނީ އެރަމްބޫ އާއި އަންހެން ދަރިފުޅު ދުވަރާގާ އުޅޭ ތަނެއް އަދި ހާމައެއް ނުވޭ،" ނެދުމަރަން ވިދާޅުވިއެވެ. ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނެދުމަރަން ވަނީ އޭނާ ވިދާޅުވި ވާހަކަ އަކީ ހަގީގަތްތަކެއް އެކުލެވޭ ވާހަކަތަކެއްގެެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް ހާލަތަކީ ޕްރަބާކަރަން ނިކުންނަން އެންމެ ރަނގަޅު ހާލަތްތަކެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ސިޔާސީ މާހައުލާއި ސިންހަޅަ ރައްޔިތުން ދެކޮޅު ހެދުމުގެ ސަބަބުން އެކަމަށް މަގުފަހިވީ ކަމަށެވެ.
ނަމަވެސް ލަންކާގެ އަސްކަރިއްޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ. "އޭބީޕީ" ނޫހާ ވާހަކަ ދައްކަވަމުން ސްރީލަންކާގެ ޑިރެކްޓާ މީޑިއާ އެންޑް އާމީ ސްޕޯކްސްޕާސަން ބްރިގޭޑިއާ ރަވީ ހެރަތު ވިދާޅުވީ ޕްރަބާކަރަން ހަގީގަތުގައި މަރުވެފައިވާކަން ސާބިތުކޮށްދޭ "ޑީއެންއޭ ސެޓްފިކެޓް" ފަދަ ރެކޯޑްތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ދެކެވޭ ވާހަކަތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ