މާލެ: 31°C

ފޮޓޯ ސްޓޯރީ: މާތަކުން ހިތް ހަމަޖެހުން!

February 16, 2023
2 ފަހަރު ބަލާފައި
ފޮޓޯ ސްޓޯރީ: މާތަކުން ހިތް ހަމަޖެހުން!
ފޮޓޯ ސްޓޯރީ: މާތަކުން ހިތް ހަމަޖެހުން!
ބަލާލަން ހިތްގައިމު ހިތަށް ފިނިކަން ގެނެސްދޭ މަންޒަރެކެވެ. ހުޅުމާލޭގެ ޗާލު މަގުތަކަށް ބަހާރު އައިސް މާމެލާމެލިން ޖަރީވެފައި ވާއިރު ހީވަނީ ޖަޕާނު، ކޮރެޔާ ފަދަ ގައުމުތަކުގައި ފޮޅޭ ޗެރީ ބްލޮސޮމްސް ގެ މޫސުން ރާއްޖެއަށް އައިސްފައި އޮތް ހެންނެވެ.   [caption id="attachment_81052" align="aligncenter" width="1600"] ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން[/caption]   ގަސްތަކުއި ފިޔާތޮށިކުލައާ ހުދުކުލަ އަދި އެނޫންވެސް ކުލަކުލައިގެ މާތައް ފަރިވެ ފޮޅިފައިވާ އިރު ، އެމާތައް ބިންމައްޗައް ފައިބާ މުޅި ހިސާބު ފުރާލައެވެ. އެއީ އެކުންޏަކުން ހިންހަމަ ޖެހުން ގެނުވައިދޭ ހަމައެކަނި ކުނިކަމުގައި ވެސް ވެދާނެ އެވެ. މަގުމަތިންދާ މީހުން ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންގެ މޫނުމަތިން ހިނިތުންވުން ފެންނަ އިރު މާމެލާމެލީގެ މާހައުލުގައި ފޮޓޯނަގާލަން އެދޭ ކުދިންވެސް ގިނައެވެ.   [caption id="attachment_81049" align="aligncenter" width="1600"] ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް، މުޅި ހިސާބަށް ފެތުރިފަ --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން[/caption]   މަލުން ފުރާ ބަރު ވެފައިވާ ރީތ ިގަސްތައް ފެނުމުން ލިބޭ ހިންހަމަޖެހުމަކީ، މިއަދު މާލެ ސަރަހައްދުގައި ދިރިއުޅޭ ހަމަ ކޮންމެ ރައްޔިތަކަށް ވެސް އެ އުފާ ލިބިގަނެވޭނެ ކަމެކެވެ. މިފަދަ ކުޑަ ހިންހަމަޖެހުމަކުން ވެސް އުޅެން ޖެހިފައިވާ ބުރަކަމާއި ބޯހާސް ކަމަށް ލުޔެއް ލިބި ސްޓްރެސް ފިލައެވެ.   [caption id="attachment_81054" align="aligncenter" width="1600"] ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން[/caption]   ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން ގިނަ ދިރާސާކޮށް ފޮތްލިޔެފައިވާ ޑރ. ހެވިލެންޑް ޖޯންސް ބުނާ ގޮތުގަ، 10 މަސް ދުވަހުގެ ދިރާސާއެއްގައި ދައްކާ ގޮތުން އިންސާނުންގެ އިހުސާސްތަކާއި މާމެލާމެއްޔާ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. އެދިރާސާގެ ނަތީޖާތަކުން ދައްކާ ގޮތުގައި މާތަކަކީ މޫޑު ބަދަލުކޮށްދޭ އެއްޗެކެވެ. މަލުގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް އުފާވެރިކަން ގެނެސްދޭ ބަޔަށް ވަގުތުން އަސަރުކުރެއެވެ. މާފެނުމުން ހަގީގީ ހިނތުންމުން ގަސްތަަކާ ނުލާ ގެނުވައެވެ.  މި ރިއެކްޝަނަކީ ޔުނިވާސަލް ރިއެކްޝަނެއް ކަމަށާއި، މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ވެސް ވާކަމެއްކަމުގައި ޑ. ހެވިލެންޓް ވިދާޅުވެ އެވެ "ކޮމަން ސެންސް އިން އެނގޭ ގޮތުގައި މާތަކުން އަހަރެމެން އުފާވާ ކަމަށް ، މިހާރު ސައިންސް އިން ދައްކާ ގޮތުގައި މާތަކުން އަހަރެމެންނަށް ހީކުރާ ވަރަށް ވުރެ މާ ބޮޑަށް އުފާވެރިކަން ލިބެނީ އެކަންޏެއް ނޫން، އެއީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ހެޔޮ އަސަރުތަކެއް ކުރުވާދޭ އެއްޗެއް " ޑ. ހެވިލެންޓް ވިދާޅުވެ އެވެ. މާމެލާމެލިން ޑިޕްރެޝަން، އެންޒައިޓީ ފަދަ ނަފްސާނީ އުނދަގޫތަަކަށް ލުޔެއްގެނުވައެވެ. އެހެންކަމުން ބޭރަށް ނުކިމެލާ އިރުކޮޅަކަށް ވިޔަސް ތި ހާސްކަން ފިލުވާލަން މިއީ ރަނގަޅު ފުރުސަތެކެވެ.  [caption id="attachment_81041" align="aligncenter" width="1600"] ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން[/caption]   ހީނަރުވެފައިވާ ގުޅުންތަކާއި އާއިލީ ގުޅުން ރަނގަޅު ކޮށްލުމަށް ވެސް މި ރީތި މާތަކުގެ ބޭނުން ހިފިދާނެއެވެ. އާއިލާއާ އެކު، ލޯބިވާ މީހަކާ އެކު މިފަދަ ހިތްގައިމު މާހައުލަކަށް ނިކުމެލާ އޭގެ އުފާ ތަޖުރިބާ ކޮށްލުމަކީ ހަމަ ގައިމުވެސް ކޮންމެ މީހަކަށް ވެސް ހިންހަމަޖެހުން ގެނުވާނެކަމެކެވެ. ފޯނުގެ ފޮޓޮ ގެލެރީ ހިތްގައުމު ކޮށްލަން ވެސް ރަނގަޅު ފުރުސަތެކެވެ.   [caption id="attachment_81044" align="alignnone" width="1600"] ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން[/caption]   ހުޅުމާލޭގެ އިތުރުން މާލޭގެ މަގުތަކުން ވެސް މިދުވަސްވަރު މިފަދަ ރީތި މަންޒަރު ފެނެއެވެ. ބައެއް ސްކޫލުތަކުގައި ހައްދާފައިވާ ގަސްތަކުން މާފޮޅި މާތައް ފައިބަމުން ދާއިރު ސްކޫލް ކުދިން އެމަންޒަރުން އުފާވެރިކަން ހޯދާތަން ވެސް ފެނެއެވެ. އޮފީސް ތައް ގިނަ ސަރަހައްދުތަކުގައި ފޮޅިފައިވާ އެފަދަ މާތައް ފެނުމު އޮފީސްނިމިގެން ނިކުންނަ މީހުން ދުވަހުގެ ބުރަފިލާ ހިންހަމަޖެހިފައިވާ މަންޒަރުވެސް ފެނެއެވެ.   [caption id="attachment_81043" align="alignnone" width="1600"] ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން[/caption] ނަފްސާނީ ދުޅަހެޔޮ ކަމަކީ މިއަދު ދިވެހިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށް ވެފައިވާ އިރު ،މިފަދަ ކުޑަ ކަމަކުން ވެސް އުފާވެރިކަން ލިބުމަކީ މުހިންމުކަމެކެވެ. ފުރުސަތުގެ ބޭނުންހިފާ މިރީތިމާތައް ބަލާލާ ހިންހަމަޖައްސާލަން ބުރެއް ޖަހާލަން ދާންވީއެވެ.    ހުޅުމާލޭގައި ފޮޅިފައިވާ މާތަކެއް --- ފޮޓޯ: މުހައްމަދު އާދަމް، މިނިވަން

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ