ފިލިޕީންސްގައި ފެންބޮޑުވެ 13 މަރު!

ފިލިޕީންސްގައި ފެންބޮޑުވެ 13 މަރު!
ލިޔުން:
ފިލިޕީންސްގެ ދެކުނުގައި ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ،
އިތުރު 23 މީހަކު އަދިވެސް ގެއްލިފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ބުނެއެވެ. ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލުން ބުނީ ފާއިތުވި ދެ ދުވަސް ވަންދެން ބޯކޮށް ވާރޭވެހި ސަބަބުން ފެންބޮޑުވުމުގެ ސަބަބުން 166،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށް، 45،000 އަށް ވުރެ ގިނަ މީހުން އިވެކުއޭޝަން ސެންޓަރުތަކުގައި ހިޔާވަހިކަން ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ކޯސްޓްގާޑާއި ފުލުހުންނާއި އަލިފާން ނިއްވާ މީހުން، ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކާއި ފެންބޮޑުވެފައިވާ އަވަށްތަކާއި މަގުތަކުން މީހުން އެހެން ސަރަހައްދުތަކަށް ގޮވައިގެންދާ މަންޒަރެވެ. ކޯރުތަކުގައި ފެންބޮޑުވެ 12 މަގެއްގައި ފެންބޮޑުވެފައިވާއިރު، އަންގާރަ ދުވަހުވެސް އެ ސަރަހައްދުގެ 20 އަށް ވުރެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
ފިލިޕީންސަށް މީގެ ކުރިން ކުރިމަތިވި ތޫފާންތަކުގެ ސަބަބުން ކުރިމަތިވި ކާރިސާތަކާ ހިލާފަށް، އެންމެ ފަހުން ބޯކޮށް ވާރޭވެހި ފެންބޮޑުވުމަކީ "ޝިއާ ލައިން" އެއްގެ ސަބަބުން ކުރިމަތިވި ކާރިސާއެކެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ވެރިރަށް މެނީލާގެ އިރު ދެކުނުން ގާތްގަނޑަކަށް 270 ކިލޯމީޓަރު (168 މޭލު) ދުރުގައި އޮންނަ ކެމެރިންސް ސޫރް ޕްރޮވިންސްގައި ހިނގި ތަފާތު ހާދިސާތަކުގައި ގެނބިގެން މަރުވި އެއް އަހަރުގެ އަންހެން ކުއްޖަކާއި 64 އަހަރުގެ ފިރިހެނެކެވެ. ދެކުނުޕްރޮވިންސް ކަމަށްވާ މިސަމިސް އޮކްސިޑެންޓަލްގައި އިތުރު ހަތަރު މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ސަލާމަތްވި ފަހުން ހާޓް އެޓޭކެއް ޖެހުނު އުމުރުން 68 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ.
އަދިވެސް ގެއްލުނު މީހުންގެ ތެރޭގައި ގިނައީ މޫސުން ގޯސްވެފައިވާއިރުވެސް ނުރައްކާތަކާ މަހަށް ނިކުތް މަސްވެރިން ކަމަށް ޑިޒާސްޓާ އެޖެންސީން ބުނެއެވެ. މިސަމިސް އޮކްސިޑެންޓަލް ޕްރޮވިންސްގެ ކްލެރިން ޓައުންގެ ޑިޒާސްޓާ އެޖެންސީގެ ވެރިޔާ ކާމެލިޓޯ ހެރޭ ޑީޒެޑްބީބީ ރޭޑިއޯ ސްޓޭޝަނަށް ވިދާޅުވި ގޮތުގައި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށާއި ދަނޑުވެރިކަމަށް ލިބޭ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގައުމުގެ މޫސުމާ ބެހޭ ބިއުރޯ، ފިލިޕީންސް އެޓްމޮސްފެރިކް، ޖިއޮފިޒިކަލް އެންޑް އެސްޓްރޮނޮމިކަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޕަގާސާ) އިން އަންގާރަ ދުވަހު ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
