ފިލިޕީންްސްގެ ތެޔޮ ޓޭންކަރެއް އަޑިއަށް ގޮސް ކަނޑަށް ތެޔޮ ލީކުވަނީ

ފިލިޕީންްސްގެ ތެޔޮ ޓޭންކަރެއް އަޑިއަށް ގޮސް ކަނޑަށް ތެޔޮ ލީކުވަނީ
ލިޔުން:
ފިލިޕީންސްގެ އައްސޭރިފަށުގެ އަވަށެއް ކައިރިން އަޑިއަށް ދިޔަ ތެޔޮ ޓޭންކަރަނު ތެޔޮލީކުވާން ފަށައިފިއެވެ.
މިދިޔަ ހަފުތާގައި އޮރިއެންޓަލް މިންޑޯރޯ ޕްރޮވިންސްގެ އައްސޭރިފަށުން އަޑިއަށް ދިޔަ އެމްޓީ ޕްރިންސަސް އެމްޕްރެސް ކިޔާ ޓޭންކަރުން އަށް ލައްކަ ލީޓަރުގެ ތެޔޮ ވަނީ ލީކުވެފައެވެ.
ލީކުވި ތެޔޮ ވަނީ މަސްވެރިކަން ކުރާ އެ އަވަށްތަކުގެ ގޮނޑުދޮށާ ހަމަޔަށް ފޯރާފައެވެ. އޭގެ ސަބަބުން މީހުންގެ ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުން ފަދަ ކަންތައްތައް ދިމާވެފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ބުނެފއެވެ.
ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ޕްރޮވިންސްގައި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ކާރިސާގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ސަރަހައްދު ސާފުކުރެވެންދެން މަސްވެރިކަން ކުރުންވެސް މަނާކޮށްފައެވެ. ނަމަވެސް އޭގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ބައެއްގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.
ލީކުވަމުންދާ ތެލުގެ ސަބަބުން މުރަކަތައް މަރުވެ، ނުވަތަ މުރަކަތައް އުފެދުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. އޮފިޝަލުން މިއަދު ބުނީ މިދިޔަ ހަފުތާގައި އަޑިއަށް ދިޔަ ތަނުން ދަތުރުކުރި ބޯޓު ފެނިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ފިލިޕީންސްގެ ދިދަ ޖަހާފައިވާ މި ބޯޓު އަޑިއަށް ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. ބޯޓު އަޑިއަށް ދިއުމުގެ ކުރިން އެ ބޯޓުގެ 20 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޓޭންކަރުގެ ތެރޭގައި ތެޔޮ ބާކީ ހުރީ ކިހާ ވަރަކަށްތޯ އާއި ބާކީ ހުރި ތެޔޮ ޕަމްޕްކޮށް އިތުރަށް ލީކުވިޔަ ނުދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
