މާލެ: 31°C

ފަލަސްތީނުގެ ދައުލަތެއް އުފައްދާ ގޮތަށް ނޫނީ އިޒްރޭލާ ގުޅުމެއް ނުބޭއްވޭނެ: ސައުދީ

January 22, 2023
2 ފަހަރު ބަލާފައި
ފަލަސްތީނުގެ ދައުލަތެއް އުފައްދާ ގޮތަށް ނޫނީ އިޒްރޭލާ ގުޅުމެއް ނުބޭއްވޭނެ: ސައުދީ
ފަލަސްތީނުގެ ދައުލަތެއް އުފައްދާ ގޮތަށް ނޫނީ އިޒްރޭލާ ގުޅުމެއް ނުބޭއްވޭނެ: ސައުދީ
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދާ ގޮތަށް ނޫނީ އިސްރާއީލާއެކު ގުޅުން ބަދަހި ނުކުރެވޭނެ ކަމަށް ސައުދީގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު ވިދާޅުވެއްޖެއެވެ. ސްވިޒަލޭންޑްގެ ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އިޒްރޭލާއެކު ގުޅުން ބޭއްވުމަކީ  ސަރަހައްދުގެ މަސްލަހަތު ވަރަށް ބޮޑު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ. "ހަގީގީ ނޯމަލައިޒޭޝަން އާއި ހަގީގީ ހަމަޖެހުން އަންނާނީ ފަލަސްތީނަށް އުއްމީދު ދީގެން، ފަލަސްތީނަށް ކަރާމާތެއް ދީގެން،" އޭނާ ވިދާޅުވިއެވެ. ޕްރިންސް ފައިސަލްއާ ހަވާލާދީ ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުން ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ އެއްބަސްވުމަކީ އިސްރާއީލާ އެކު ރަސްމީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުގެ ޝަރުތެކެވެ. އިޒްރޭލުން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރެއިން އަދި މޮރޮކޯއާ ގުޅުން ބަދަހިކޮށްފައެވެ. އަބްރަހަމް އެކޯޑްސްގެ ނަމުން ނަން ދީފައިވާ އެ އެއްބަސްވުމަކީ ޑިޕްލޮމެޓިކް ގުޅުންތައް އާންމު ކޮށް، އިގްތިސާދީ އެއްބަސްވުންތައް ގާއިމުކުރުމާއި އިޖުތިމާއީ މުއާމަލާތްތަކަށް އެހީތެރިވުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ. އަބްރަހަމް އެކޯޑްތަކަށް ފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވަނީ ސައުދީ އަރަބިއްޔާއާއެކު ރަސްމީ ގުޅުމެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަންއާ ބައްދަލުކުރެއްވިއިރު، ސައޫދީ އަރަބިއްޔާއާ އެކު ކާމިޔާބީއެއް ހޯދުމާ ގުޅޭ ގޮތުން ގިނަ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ