މާލެ: 31°C

ޕާޓީއަށް އެހީދޭ ފަރާތަކުން އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހެދުންގަތުމަށް ފައިސާދައްކާފައިވާ މައްސަލައެއް ބަލަނީ

September 15, 2024
31 ފަހަރު ބަލާފައި
ޕާޓީއަށް އެހީދޭ ފަރާތަކުން އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހެދުންގަތުމަށް ފައިސާދައްކާފައިވާ މައްސަލައެއް ބަލަނީ
ޕާޓީއަށް އެހީދޭ ފަރާތަކުން އިނގިރޭސި ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހެދުންގަތުމަށް ފައިސާދައްކާފައިވާ މައްސަލައެއް ބަލަނީ
އިނގިރޭސި ވިލާތުގެ ލޭބަރ ޕާޓީއަށް އެހީދޭ ފަރާތަކުން އެގައުމުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންގެ ހެދުން ގަތުމަށް ޚަރަދުކޮށްފައިވާ މައްސަލައެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބަލަންފަށައިފިއެވ. ލޭބަރ ޕާޓީއަށް އެއްމެ ބޮޑަށް ޙަރަދު ކުރައްވާ ލޯރޑް އައްލި ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ހަދިޔާކޮށްފައިވާ އަގުބޮޑެތި ހެދުންތަކާއި އަންނައުނު ޑިކްލެއަރ ކޮށްފައިނުވާތީ ބޮޑުވަޒީރު ސްޓާމަރ އަށް މަޖިލީހުގެ ތަހުގީގާއި ކުރިމަތިލާންޖެހިފައެވެ. މިދިޔަ ޖުލައި މަހު ލޭބާ ޕާޓީގެ ލީޑަރު، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިންނާއި ފަހުން ވެސް ލޭޑީ ސްޓާމަރ ގެ އަމިއްލަ ބައެއް ސާމާނާއި ހެދުން ގަތުމަށް ލޭބަރ ޕާޓީއަށް އެހީ ދޭ ފަރާތަކުން ފައިސާ ދައްކާފައިވާ ކަމަށް ސަންޑޭ ޓައިމްސް އިން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ލޭބަރ ޕާޓީން ބުނެފައިވަނީ އެކަމާ ގުޅިގެން ކަމާ ގުޅުން ހުރި މުވައްސަސާތަކަށް އެޕާޓީގެ ފަރާތުން ގުޅައި އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އޮންލައިން ފެޝަން ރީޓެއިލާ އަސޯސްގެ ކުރީގެ ޗެއާމަން ލޯޑް އަލީގެ އަތުން މިއަހަރު ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ގާތްގަނޑަކަށް 19،000 ޕައުންޑްގެ ފޭރާމާއި އެތައް ބިއްލޫރި ޖޯޑް ލިބިފައިވާ ކަމަށް ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލައާއި ގުޅިގެން ބޮޑުވަޒީރުގެ ފަރާތުން ވަނީ އޭނާ ބޮޑުވަޒީރުކަމަށް އައުމުގެ ކުރިންނާއި އޭގެ ފަހުން އެ ގޮތަށް އަނބިކަނބަލުންނަށް ލިބިލައްވާފައިވާ ތަކެތި ޑިކްލެއަރ ކުރަންތައްޔާރު ވަމުންކަމުގައި އެ އެ ޕާޓިން ވަނީ މިހާރު ހާމަކޮސްފައެވެ. މި މައްސަލާގައި ކޮންޒަވޭޓިވްން ބުނެފައިވަނީ ވެރިކަމަށް ވަޑައިގެން 10 ހަފްތާ ވީތަނާ މިކަހަލަ މައްސަލަތަކުގެ ތަހުގީގުތަކާ ކުރިމަތިލާން ބޮޑުވަޒީރަށް ޖެހިވަޑައިގަތުމަކީ ޞޮދުވަޒީރުގެ ޒިންމާދާރުކަންކުޑަކަން ހާމަވާ ކަމެއްކަމުގައި ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ