މާލެ: 31°C

ޕެރިހުގައި ބަޑިން ހަމަލާދީ 3 މީހުން މަރާލައިފި

December 23, 2022
2 ފަހަރު ބަލާފައި
ޕެރިހުގައި ބަޑިން ހަމަލާދީ 3 މީހުން މަރާލައިފި
ޕެރިހުގައި ބަޑިން ހަމަލާދީ 3 މީހުން މަރާލައިފި
ޕެރިހުގެ މެދުތެރޭގެ ޑިސްޓްރިކްޓެއްގައި ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު މަރުވެ ހަތަރު މީހަކު ޒަހަމްވެއްޖެއެވެ. ޕެރިސްގެ ފުލުހުން ބުނީ ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. "ހަމަލާދިން މީހާ އޭނާގެ ހަތިޔާރާއެކު މިހާރު ވަނީ ހައްޔަރުކޮށްފައި. ނުރައްކާ މިހާރު ވަނީ ނިމުމަކަށް އައިސްފައި،" ފުލުހުންގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވިއެވެ. ޕެރިހުގެ ޕްރޮސެކިއުޓާ އޮފީހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 69 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އައިޑެންޓިޓީ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ. ހަމަލާގެ މަގުސަދު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ފްރާންސްގެ ބީއެފްއެމް ޓީވީން ބުނި ގޮތުގައި ބަޑިޖެހުމުގެ ފަހަތުގައި ހުރި މީހާ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ހިޖުރަވެރިންގެ ކޭމްޕަކަށް ހަމަލާދީފައެވެ. ފްރާންސްގެ ނިއުސް އެޖެންސީ އޭއެފްޕީއަށް މައުލޫމާތު ދެމުން އެ މަންޒަރު ދުށް މީހަކު ބުނީ މަގުމަތީގައި ހަމަނުޖެހުން އުފައްދައި އަށްވަރަކަށް ފަހަރު ބަޑިޖަހާފައިވާ ކަމަށެވެ. ބަޑިޖަހަން ފެށުމާއެކު ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ބާތައް ހަލަބޮލިވެ ސަރަހައްދުގައި ބިރުވެރިކަން އުފެދުނު ކަމަށް މަންޒަރު ދުށްމީހުން ބުންޏެވެ. ޕެރިސްގެ ޕްރޮސެކިއުޓާ ލޯރޭ ބެކޫއު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަރުވި ތިން މީހަކާއި އައިސީޔޫގައި އެކަކު އަދި ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ދެ މީހަކު އެބަތިބި ކަމަށާއި ހައްޔަރުކުރި މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ