މާލެ: 31°C

ޕެރިހުގައި ބާރުގަދަ ގޮވުމެއް، 24 މަރު

June 22, 2023
2 ފަހަރު ބަލާފައި
ޕެރިހުގައި ބާރުގަދަ ގޮވުމެއް، 24 މަރު
ޕެރިހުގައި ބާރުގަދަ ގޮވުމެއް، 24 މަރު
ފްރާންސުގެ ޕެރިހުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 24 މީހަކަށް އަނިޔާވެ ދެ މީހަކު ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން ދެ އިމާރާތެއް ވެއްޓިފައިވާ ކަމަށް އިމަޖެންސީ ސާވިސަސް އިން މައުލޫމާތު ދެއެވެ. ވެއްޓުނު އިމާރާތުގެ ތެރެއިން އެއް އިމާރާތުގައި ފެޝަން ސްކޫލެއް ހުރެއެވެ. ފްރާންސްގެ ދާހިލީ ވަޒީރު ޖެރަލްޑް ޑާމަނިން ވިދާޅުވީ ޒަހަމްވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ. ބޮން ގޮވުމާއި ގުޅިގެން އަލިފާން ރޯވެފައި ވަނީ ސެއިންގެ ވާތު އައްސޭރީގެ ލެޓިން ކުއާޓަރުގެ ނަމުން ނަން ދީފައިވާ ފަސް ވަނަ އެރޮންޑިސްމަންޓްގެ ވަލް-ޑި-ގްރޭސް މިލިޓަރީ ހޮސްޕިޓަލް ކައިރީގައެވެ. އަލިފާން ނިއްވުމުގައި 70 ވަރަކަށް ފަޔާ ޓްރަކާއި 230 ފަޔާ ފައިޓަރުން ހަރަކާތްތެރިވިއިރު،އަލިފާންގަނޑު ވަނީ ހަވީރުގެ ވަގުތެެއްގައި ކޮންޓްރޯލް ކޮށްފައެވެ. އަލްޖަޒީރާ ނޫހުން ބުނީ އެތަނުން މީހުން ދުރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހާލަތު އަދިވެސް އޮތީ ވަރަށް ނުރައްކާތެރިކޮށެވެ. ނޫސްވެރިޔާ ބުނީ ވެރިރަށުގެ މަތިން ދުން އަރަމުންދާ މަންޒަރަކީ މީގެ އަހަރުތަކެއް ކުރިން ނޯޓްރޭ ޑޭމް ކެތެޑްރަލްގައި ހިނގި އަލިފާނުގެ ހާދިސާގެ ހަނދާންތައް އާކޮށްދޭ މަންޒަރެއް ކަމަށެވެ. ޕެރިހުގައި މިފަދަ ހާދިސާއެއް ނުހިނގާތަ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ