މާލެ: 31°C

ފަލަސްތީނުގެ އަވަށެއް ނައްތާލާނެ ކަމުގެ އިންޒާރާ އެކު މުޒާހަރާ

January 24, 2023
2 ފަހަރު ބަލާފައި
ފަލަސްތީނުގެ އަވަށެއް ނައްތާލާނެ ކަމުގެ އިންޒާރާ އެކު މުޒާހަރާ
ފަލަސްތީނުގެ އަވަށެއް ނައްތާލާނެ ކަމުގެ އިންޒާރާ އެކު މުޒާހަރާ
ގުދުސްގެ އިރުމަތީ ބޭރުގައި އޮންނަ ފަލަސްތީނުގެ ބެދޮއިން އަވަށެއް ކަމަށްވާ ހާން އަލް އަހްމާރު އަވަށަށް އިސްރާއީލުގެ އިސް ސިޔާސީ ފަރާތްތަކުން ދިން އިންޒާރުތަކާ ދެކޮޅަށް ފަލަސްތީނުގެ އެތައް ބަޔަކު މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ކުރިއަށް ގެންގޮސްފައި މިވަނީ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރު އަދި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން-ގްވީރު، އެ އަވަށް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ބެން ގްވީރް ވިދާޅުވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ޔަހޫދީންއާ އަރަބިންނާ ދެމެދު ގާނޫނީ ވަކި ތަފާތު މިންގަނޑެއް ނުހިފަހައްޓާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ހުޅަނގު އައްސޭރީގެ އުތުރުގައި ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރިކުރުމަށް ހަދާފައިވާ އައުޓްޕޯސްޓެއް އިސްރާއީލު ސިފައިން ހުސްކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަލަސްތީނުން ބުނަނީ އިމްރާން އަލް އަހްމާރާއި އިސްރާއީލުގެ އާބާދީތަކާ ދެމެދު ބާއްވާން އުޅޭ ހަމަހަމަކަމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. "1967 ވަނަ އަހަރުން ފެށިގެން ގެތައް ތަޅާލުމަށް އަސްކަރީ އަމުރުތައް އަންނަނީ ދެމުން، ބަންދުކުރެވިފައިވާ އަސްކަރީ ސަރަޙައްދުތަކާއި އެހެނިހެން ސަރަޙައްދުތައް، ދެން އެސަރަޙައްދުތައް ގަވާއިދާ ހިލާފަށް ވަޒަންވެރިކުރުމަށާއި، ގުދުރަތީ ރިޒާވްތަކަށް ބަދަލުކުރަން ދަނީ މަސައްކަތްކުރަމުން" އެ މުޒާހަރާގައި ބައިވެރިވި އެ އަވަށުގެ ތަރުޖަމާނު އީދު ޖަހާލިން ބުންޏެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަނީ އެ އަވަށް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަން ފެހި ސިގްނަލް ދީފައެވެ. ކޮންމެ ވަގުތެއްގައި ވެސް އެ ތަން ތަޅާލުމުގެ ފުރުސަތެވެ. ނަމަވެސް އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން ތަޅާލުމުގެ ރޭވުންތައް ވަނީ މަޑުޖައްސާލައިފައެވެ. އެ އަވަށް ތަޅާލާފައިނުވާ ސަބަބުން އަންނަ ފެބްރުއަރީ މަހުގެ އެކަކާއި ހަމަޔަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ސަރުކާރަށް ލިބެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ