ފަލަސްތީން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި އިސްލާމްވާ މީހުންގެ އަދަދު އިތުރުވަނީ!

ފަލަސްތީން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި އިސްލާމްވާ މީހުންގެ އަދަދު އިތުރުވަނީ!
ލިޔުން:
ފަލަސްތީން ހަނގުރާމައިގެ ސަބަބުން ޔޫރަޕްގައި އިސްލާމްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނާއިކް ވިދާޅުވެއްޖެއެވެ.
ޔޫރަޕްގެ އިސްލާމިކް އޯގަނައިޒޭޝަންގެ ރައީސް އާއި ހަވާލާ ދެއްވާ ޑރ. ޒާކިރު ނާއިކް ވިދާޅުވީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ފެށުމުގެ ކުރިން ޔޫރަޕްގައި ގާތްގަނޑަކަށް ދުވާލަކު 80 މީހުން އިސްލާމް ވަމުން އައި ކަމަށެވެ.
ނަމަވެސް މި ހަނގުރާމަތާއެކު ޔޫރަޕްގައި އިސްލާމްވާ މީހުންގެ އަދަދު އިތުރުވެ، ދުވާލަކު 400 އަށް ވުރެ ގިނަ މީހުން އިސްލާމްވަމުން އަންނަ ކަމަށް އެ އޯގަނައިޒޭޝަނުން މައުލޫމާތުދެއެވެ.
އަދި އޭނާ އިތުރަށް ވިދާޅުވީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ފްރާންސް އިން އެކަނިވެސް ވޭތުވެދިޔަ 2 މަސް ތެރޭގައި 20 ހާހަށް ވުރެ ގިނަ މީހުން، މުސްލިމުންނަށްދޭ އަނިޔާވެރި ވީޑިއޯތައް ފެނުމުން އިސްލާމްވެފައިިވާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުންދާތާ 3 މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 23469 އަށް އަރާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
