ފަލަސްތީނުގެ ގެއަކަށް ހަމަލާދިން އިޒްރޭލްސިފައިންގެ ދެމީހަކަށް ދައުވާކޮށްފި

ފަލަސްތީނުގެ ގެއަކަށް ހަމަލާދިން އިޒްރޭލްސިފައިންގެ ދެމީހަކަށް ދައުވާކޮށްފި
ލިޔުން:
މިދިޔަ މަހު އިޒްރޭލް ޒުވާނަކުގެ ހަށިގަނޑު ވަގަށް ނެގި މައްސަލާގައި ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ހުޅަނގުއައްސޭރީގައި ހުންނަ ފަލަސްތީނުގެ ގެއަކަށް ބޮމުން ހަމަލާދިން އިޒްރޭލު ސިފައިންގެ ދެމީހެއްގެ މައްޗަށް އިޒްރޭލު އަސްކަރިއްޔާއިން ބޮޑެތި ދައުވާތަކެއް އުފުލައިފިއެވެ.
ފަލަސްތީނުގެ ހަނގުރާމަވެރިން އެ ކުޑަކުއްޖާގެ ހަށިގަނޑު ވަގަށް ނެގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ހުޅަނގު އައްސޭރީގެ ޖެނިން އަވަށުގެ ހޮސްޕިޓަލެއްގައި ބާއްވާފައި އޮއްވައެވެ. އޭނާ އަކީ އިޒްރޭލުގައި ދިރިއުޅޭ އަރަބި ދަރިފަސްކޮޅެއް ކަމަށްވާ "ދުރޫޒް" އަށް ނިސްބަތްވާ ކުއްޖެކެވެ.
"ދައުވާ ލިބޭ މީހުންނާއި އިތުރު ސިފައިންގެ މީހަކު ވަނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ފަލަސްތީނުގެ ގެއަކަށް އުކާލާފައި" އިޒްރޭލްގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. "އެ މީހުން އެކަންކުރީ ޖެނިންގައި އިޒްރޭލުގެ ޒުވާނެއްގެ ހަށިގަނޑު ވަގަށް ނެގި ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެ ގޭގައި ރޯކޮށްލަން" ބަޔާނުގައި ބުންޏެވެ.
އެ ގޭގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ތިން ވަނަ ސިފައިންގެ މީހާގެ މައްޗަށް ވެސް ދައުވާ ކުރާނެ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި އިޒްރާއީލު ސިފައިންގެ މައްޗަށް ޝަރީއަތުން ކުށް ސާބިތުވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.
އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ޔޭޝް ދީން އިން ބުނި ގޮތުގައި 2019 އަހަރާއި 2020 ވަނަ އަހަރާ ދެމެދު އިޒްރޭލް ސިފައިންނާ ދެކޮޅަށް ފަލަސްތީނުން ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ދައުވާ އުފުލާފައިވަނީ އެންމެ ދެ ޕަސެންޓް މީހުންނަށެވެ.
ހުޅަނގު އައްސޭރީގައި މިދިޔަ މާޗް މަހުން ފެށިގެން ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. 2022 ވަނަ އަހަރަކީ 2006 ވަނަ އަހަރަށް ފަހު އެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ނުރައްކާތެރި އަހަރު ކަމަށް އދ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
