ފަލަސްތީނުގެ ދައުލަތެއް ނެތި އިޒްރޭލު ވުޖޫދުގައި ނޯންނާނެ: ސައުދޫ އަރަބިއްޔާ

ފަލަސްތީނުގެ ދައުލަތެއް ނެތި އިޒްރޭލު ވުޖޫދުގައި ނޯންނާނެ: ސައުދޫ އަރަބިއްޔާ
ލިޔުން:
ފަލަސްތީނުގެ ދައުލަތެއް ނެތި އިޒްރޭލު ވުދޫގައި ނޯންނާނެ ކަމަށް ބުނެ، ސައުދޫ އަރަބިއްޔާގެ ވަރަށް ހަރުކަށު އިންޒާރެއް އިޒްރޭލަށް ދީފިއެވެ.
ސައުދީ އަރަބިއްޔާގެ އޮފިޝަލުން މިހާ ހަރުކަށިކޮށް އިޒްރޭލާ މެދު ބަސް ވިދާޅުވާން ފެެއްޓެވީ، އިޒްރޭލުގެ އަނިޔާވެރި ޢަމަލުތައް ހައްދުން ނެއްޓިގެން ގޮސް، ނަސްލެއް ނައްތާލުމަށް ހިންގާ ފުޅާ ގަތުރުއާންމު އިތުރަށް ވަރުގަދަކޮށް އަނިޔާވެރިކުރުމުންނެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ 30،000 މީހުން ޝަހީދުވެއްޖެއެވެ. އަދި 70،000މީހުން ޒަހަމްވެއްޖެއެވެ. ދެމިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލި މަގުމަތިވެއްޖެއެވެ. ހާލުގައި ޖެހިއްޖެއެވެ.
ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކަން ހޯދުމަށްޓަކައި ރަފާހަށް ޖަމާވުމުން ވެސް އިޒްރޭލުގެ އަނިޔާވެރިކަން ކުޑަކޮށްވެސް މަޑުޖައްސައެއް ނުލިއެވެ. ރަފާހަށް ވަދެ، ނުކުމެވާ ހުރިހާ ސަރަހައްދެއްގެ ފުރިހަމަ ކޮންޓްރޯލު އިޒްރޭލުން ނަގައި، ކާބޯތަކެތި ފޯރުކޮށް ދިނުމަށްވެސް ވަނީ ހުރަސް އަޅާފައެވެ. އަދި އެންމެ ބައިބޯ ރެފިއުޖީ ކޭމްޕްތަކަށް ގެންދަނީ ނުރައްކާތެރި ހަތިޔާރުން ހަމަލާ ދެމުންނެވެ.
އދ. އާއި ޔޫރަޕިއަން ޔޫނިއަން އާއި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް އިޒްރޭލަށް އަންގާފައި ވަނީ މިހާރު އިޒްރޭލުން އިމުން ބޭރު ވެއްޖެ ކަމަށާއި ރަފާހަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.
އިޒްރޭލުގެ ސަލާމަތީ ތަޖުރިބާކާރަކު ވިދާޅުވެފައިވަނީ ފަލަސްތީނުގެ ދައުލަތެއް އިޒްރޭލާ އިންވެގެން އުފެއްދުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. އަދި އެއީ އިޒްރޭލުގެ ގައުމީ ސަލާމަތަށް އޮތް އިންތިހާ ބޮޑު ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ސައުދީ އަރަބިއްޔާގެ އޮފިޝަލު އިޒްރޭލަށް ބަހުގެ ހަރުކަށި ހަމަލާއެއް ދެއްވީ މިދެންނެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
