ފަލަސްތީނުގައި ޔަހޫދީން އާބާދުކުރުން ހުއްޓާލަން އދ އިން ގޮވާލައިފި

ފަލަސްތީނުގައި ޔަހޫދީން އާބާދުކުރުން ހުއްޓާލަން އދ އިން ގޮވާލައިފި
ލިޔުން:
ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ އާބާދީތައް ބިނާކުރުން ހުއްޓާލުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިސްރާއީލަށް ގޮވާލައްވައިފިއެވެ.
އަދި އިޒްރޭލުން މި އާބާދީތައް ފުޅާކުރުމަށް ރާވާފައިވާ ޕްލޭންތަކުގެ ސަބަބުން ނުތަނަވަސްކަމާއި ހަމަނުޖެހުންތައް އިތުރުވެ ދެމެހެއްޓެނިވި ސުލްހައެއް ހޯދުމުގެ ފުރުސަތަށް ހުރަސް އެޅޭކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގުޓަރޭޒް މިހެން ވިދާޅުވީ ހުޅަނގު އައްސޭރީގައި ހުންނަ ޖެނިން ރެފިއުޖީ ކޭމްޕްގައި ހިނގި ވަރުގަދަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 15 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ. ޢޭ ހަމަނުޖެހުންތައް ސިފަކޮށްފައި ވަނީ ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ވަރުގަދަ ހަމަނުޖެހުންތަކުގެ ގޮތުގައެވެ.
ސެކްރެޓަރީ ޖެނެރަލްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސެޓްލްމަންޓްތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ސެކްރެޓަރީ ޖެނެރަލް ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ.
ފަރްހާން ހައްގު ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް ހަދާފައިވާ މި އާބާދީތައް އިތުރަށް ފުޅާކުރުމަކީ ނުތަނަވަސްކަމާއި ހަމަނުޖެހުންތައް އިތުރުވުމަށް މަގުފަހިވާ ކަމެއް ކަމަށެވެ، އަދި އޭގެ ސަބަބުން ސަރަޙައްދުގައި އިންސާނީ ބޭނުންތައް އިތުރުވެގެން ދެއެވެ.
. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އެތައް ހާސް އާ ހައުސިން ޔުނިޓްތަކެއް އެޅުމަށް މިދިޔަ އާދީއްތަ ދުވަހު ރުހުން ދީފަ އެވެ. މި ނިންމުމުގެ ދަށުން ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗަށް ވަނީ އާބާދީތައް ހެދުމުގެ މަސައްކަތް އަވަސް ކުރުމުގެ ބޮޑެތި ބާރުތަކެއް ދީފައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި އާބާދީތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި ގާނޫނާ ހިލާފަށް ހަދާފައިވާ އާބާދީތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
