މާލެ: 31°C

ޕާކިސްތާނުގައި ވިހަ ކެމިކަލެއް ފެތުރި 18 މީހަކު މަރުވެއްޖެ

January 28, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި ވިހަ ކެމިކަލެއް ފެތުރި 18 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ވިހަ ކެމިކަލެއް ފެތުރި 18 މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ކަރާޗީގެ ފެކްޓްރީއަކުން ފެތުރުނު ވިހަ ކެމިލަކްތަކެއްގެ ސަބަބުން 16 ދުވަހުގެ ތެރޭގައި 18 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ސިންދް ޕްރޮވިންސްގެ ހެލްތު ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކަރާޗީގެ ކީމާރީ ޑިސްޓްރިކްޓްގެ އަލީ މުހައްމަދު ގޯތު އަވަށުގައި ޖެނުއަރީ 10 އިން ޖެނުއަރީ 26 އަށް މީހުން މަރުވިކަން ކަށަވަރުކޮށްދީފައެވެ. "ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މީހުން މަރުވާން މެދުވެރިވި ސަބަބަކީ ބައެއް ކެމިކަލްތަކުގެ ސަބަބުން ފުއްޕާމޭގެ ބައެއް ބައްޔެއް ޖެހިގެން" ބަޔާނުގައި ވެއެވެ. "ނިއުމޯނިއާއަށް ފަރުވާ ދިނުމަށް މެޑިކަލް ކޭމްޕްތައް ވެސް ވަނީ އެ ސަރަހައްދުގައި ގާއިމްކުރެވިފައި. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން" މިނިސްޓްރީން ބުންޏެވެ. ދެ ފެކްޓްރީއަކުން ނުބައި ވަހެއް ދުވުމުގެ ސަބަބުން ނޭވާ ހިއްލާފައިވާ ކަމަށް އެ އަވަށު މީހުން ބުނެއެވެ. ހެލްތް ޑިޕާޓްމަންޓްގެ ތަރުޖަމާނު މެހެރް ހުރްޝީދު ވިދާޅުވީ މަރުވި މީހުންނަކީ ހުން އައުމާއި ކަރުގައި ރިއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވެފައިވާ މީހުން ކަމަށެވެ. "ބަލިފެތުރެން ފެށިތާ ފަސް ހަތް ދުވަހުގެ ތެރޭގައި މަރުވީ،" އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި މެހެރް ވިދާޅުވިއެވެ. އަލީ މުހައްމަދު ގޯތުއަށް ނިސްބަތްވާ ހާފިޒް ލަގާރީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ މަރުވި މީހުންގެ ތެރޭގައި ބޮޑެތި ތިން މީހުން ހިމެނޭ ކަމަށާއި ބާކީ ތިބި ކުދިންނަކީ އެއް އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށެވެ. "ދުންއަރަމުން ދިޔަ ސަރަހައްދުތަކުގެ ފެކްޓްރީތައް ސަރުކާރުން ވަނީ ބަންދުކޮށްފައި، އޮފިޝަލުން މިތިބީ އެ ސަރަހައްދުގެ މީހުންނާ އިތުރަށް ބައްދަލުކޮށް ތަހުގީގުކުރަން،" ލެގާރީ ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ