މާލެ: 31°C

ޕާކިސްތާނުންވެސް އެމްޕޮކްސް ފެނިއްޖެ

August 16, 2024
2 ފަހަރު ބަލާފައި
ޕާކިސްތާނުންވެސް އެމްޕޮކްސް ފެނިއްޖެ
ޕާކިސްތާނުންވެސް އެމްޕޮކްސް ފެނިއްޖެ
އެމްޕޮކްސް ގެ ކޭސް އެއް ޕާކިސްތާނުން ފެނިއްޖެ ކަމަށް އެގައުމުގެ ހެލްތު އޮފިޝަލުން މިއަދު ހާމަކޮށްފިއެވެ. ހެލްތު އޮފިޝަލުންނާ ޙަވާލާދީ ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްްފައިވާ ގޮތުގައި ޕާކިސްތާނުން އެ ބައްޔަށް ޕޮޒިޓިބވް ވެފައިވަނީ ގަލްފުގެ ގައުމުތަކަށް ގޮސް އަނބުރައި އެގައުމަށް އައި އުމުރުން 34 އަހަރުގެ ޒުވާނެކެވެ. އެފްރިކާގެ 13 ގައުމަކަށް ފަހު އެފްރިކާއިން ބޭރުން އެބަލި އެއްމެ ފުރަމަ ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ޔޫރަޕުގެ ގައުމެއްކަމަށްވާ ސްވިޑަން އިންނެވެ. އެއަށްފަހު އެ ބަލި ދެން ފެނިފައި މިވަނީ އޭޝިއާ އަދި ޝައުތު އޭޝިއާއަށް ނިސްވަތްވާ ޕާކިސްތާނުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 14 ހާހަށްވުރެ ގިނަ މީހުން ދުނިޔެއިން އެ ބައްޔަށް ޕޮޒިޓިވްވެ 524 މީހުން ވަނީ މަރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ