މާލެ: 31°C

ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި 25 މީހަކު މަރާލައިފި

January 30, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި 25 މީހަކު މަރާލައިފި
ޕާކިސްތާނުގެ މިސްކިތެއް ގޮއްވާލައި 25 މީހަކު މަރާލައިފި
ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގެ މިސްކިތެއްގައި ބާރުގަދަ ބޮމެއް ގޮއްވާލައި 25 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންނާއި ސަރުކާރުގެ އޮފިޝަލުން ބުނެފިއެވެ. ފުލުުހުން ބުނީ ބޮމުގެ ހަމަލާގައި 160 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ފުލުހުންގެ އޮފިޝަލް ސިކަންދަރު ހާން ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ ބޮން ގޮއްވާލާފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ނަމާދަށް ދިޔަ ވަގުތުގައި ކަމަށެވެ. އިމްރާން ވިދާޅުވީ އިމާރާތުގެ ބައެއް ވެއްޓިފައިވާ ކަމަށާއި އޭގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށެވެ. ޕިޝާވަރުގެ ލޭޑީ ރީޑިން ހޮސްޕިޓަލްގެ ތަރުޖަމާނު މުހައްމަދު އާސިމް ވިދާޅުވީ 90 މީހަކު ޒަހަމަވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ބޮން ގޮއްވާލަފައިވަނީ ހަށި ގޮއްވާލައިގެންނެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަމާދަށް ގޮސް ތިބި މީހުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. "ޓެރަރިޒަމްގެ ނުރައްކާ އިތުރުވަމުންދާއިރު، އިންޓެލިޖެންސް އެއްކުރުން ރަނގަޅުކޮށް، ފުލުހުންގެ ބާރުތައް ރަނގަޅަށް ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް." ޓްވީޓްގައި ވިދާޅުވިއެވެ. އަފްގާނިސްތާނުގެ ބޯޑަރުގައި އޮންނަ ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ ވެރިރަށް ޕިޝާވަރުގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ