މާލެ: 31°C

ޕާކިސްތާނުގައި ޒަކާތް ދޫކުރާ ތަނެއްގައި ފިތިބާރުވެގެން 12 މީހަކު މަރުވެއްޖެ

April 1, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި ޒަކާތް ދޫކުރާ ތަނެއްގައި ފިތިބާރުވެގެން 12 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ޒަކާތް ދޫކުރާ ތަނެއްގައި ފިތިބާރުވެގެން 12 މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ޒަކާތް ދޫކުރި ތަނެއްގައި ފިތިބާރުވެގެން 12 މީހުން މަރުވެއްޖެއެވެ. އެ ހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައި ސިންދް އިންޑަސްޓްރިއަލް އެންޑް ޓްރޭޑިން އިންޑަސްޓްރީން ޒަކާތް ދޫކުރި ޕޮއިންޓެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ހާދިސާގައި އެތައް ބަޔަކު ވަނީ ޒަހަމްވެސް ވެފައެވެ. އީދީ ފައުންޑޭޝަންގެ ވޮލަންޓިއަރަކު ބުނި ގޮތުގައި މީހުން މަރުވީ ޒަކާތް ބަހަމުން ދަނިކޮށް ކަރަންޓް ލައިނެއް ވެއްޓުމުގެ ސަބަބުން ފިތިބާރުވެގެން ކަމަށެވެ. ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން އެ ވާހަކަ ދޮގުކުރެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ހާދިސާގެ ސަބަބުން އެތައް ބަޔަކު ހޭނެތުނެވެ. ފުލުހުން ބުނީ 12 މީހަކު މަރުވެފައިވާއިރު އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. https://twitter.com/MeghUpdates/status/1641809215843909633 ބަލްޑިއާ ޓައުންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ވިދާޅުވީ ކާޑުގެ ބާވަތްތައް ބެހެމުގެ މައުލޫމާތު އެ ކުންފުނިން ކުރިން އަންގާފައި ނުވާކަމަށެވެ. "ފެން ލައިން ލީކުވީ، ކަރަންޓު ވަޔަރު ވެއްޓުނު ހާދިސާގައި މީހުން މަރުވީ" އޭނާ ވިދާޅުވިއެވެ. އޮފިސަރު ވިދާޅުވީ އެ ކުންފުނީގެ ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ކީމާރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފިދާ ހުސައިން ޖަންވަރީ ވިދާޅުވީ މީހުން މަރުވީ ފިތިބާރުވަން މެދުވެރިވި ސަބަބަކީ އަލިފާން ރޯވެގެން ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު ފެކްޓްރީގައި 400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. "ކަރަންޓުގައި ޖެހިގެން މަރުވި ކަމުގެ އެއްވެސް ހެއްކެއް މެނޭޖްމަންޓަށް ވެސް ފެނިފައެއް ނުވޭ. މަރުވެފައި ވަނީ ނޭވާ ހިއްލުމުގެ ސަބަބުން." https://twitter.com/TRTWorldNow/status/1641870475528658971 ކީމާރީގެ ޑެޕިއުޓީ ކޮމިޝަނަރު މުހތިޔާރު އަލީ އަބްރޯ އެސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ ހިތާމަވެރި ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވާ ކަމަށެވެ. ޑައިން ފެކްޓްރީގެ މެނޭޖްމަންޓުން ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ނަގުދު ފައިސާ ބަހަމުން އަންނަ ކަމަށާއި އެފަދަ ޕްރޮގްރާމެއް ބޭއްވުމުގެ ކުރިން އެކަން އެންގުމާއި ފުލުހުންނާއި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަންގެ ހުއްދަ ނަގަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެކްޓްރީގެ މެނޭޖްމަންޓުން ކުރިން އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. "ފެކްޓްރީގެ ވެރިމީހާ އުމްރާގެ އަޅުކަން އަދާކުރަން ގޮސްފި. އޭނާ އެނބުރި އަންނައިރު އިތުރު ތަހުގީގެއް ހިންގާނަން، މުވައްޒަފުންނާއެކު ހަތް މީހަކު ފެކްޓްރީން ވަނީ ހައްޔަރުކޮށްފައި،" ވިދާޅުވިއެވެ. ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވީ ފެކްޓްރީ ވަގުތުން ބަންދުކޮށްފައިވާ ކަމަށެވެ. ސިންދުގެ ޗީފް މިނިސްޓަރު މުރާދު އަލީ ޝާހު ވަނީ އަނިޔާ ލިބުނު ކޮންމެ އާއިލާއަކަށް ފަސް ލައްކަ ރުޕީސްގެ މާލީ އެހީތެރިކަން ދޭން ނިންމައިފައެވެ. ޒަހަމްވި ކޮންމެ މީހަކަށް އެއް ލައްކަ ރުޕީސްގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަންވެސް ޝާހު ވަނީ އިއުލާން ކުރައްވާފައެވެ. އަދި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ މައުލޫމާތު ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ވަގުތުން ހޯއްދެވުމަށް ޗީފް ސެކްރެޓަރީއަށް އަންގަވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ