މާލެ: 31°C

ޕާކިސްތާނުގައި އިސްލާމްދީނަށް ފުރުއްސާރަކުރި ޗައިނާ މީހަކު ހައްޔަރުކޮށްފި

April 20, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި އިސްލާމްދީނަށް ފުރުއްސާރަކުރި ޗައިނާ މީހަކު ހައްޔަރުކޮށްފި
ޕާކިސްތާނުގައި އިސްލާމްދީނަށް ފުރުއްސާރަކުރި ޗައިނާ މީހަކު ހައްޔަރުކޮށްފި
ޕާކިސްތާނުގައި، އިސްލާމްދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ޗައިނާ މީހަކު ހައްޔަރުކޮށްފިއެވެ. ޓިއާން ނަމަކަށް ކިޔާ މީހާ، ދެ ހަފްތާގައި ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުކޮށްފައެވެ. ޓިއާންގެ މައްޗަށް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ދީނަށް ފުރައްސާރަކުރުމަކީ ޕާކިސްތާނުގައި ބޮޑު ކުށެކެވެ. ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ތާހިރު އައްޔޫބު އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ ޓިއާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން ދާސޫ ނަމަކަށް ކިޔާ ޕާކިސްތާނުގެ ބޮޑު ހައިޑްރޯ ޕަވާ ޕްރޮޖެކްޓެއްގައި ހެވީ ޓްރާންސްޕޯޓްގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޓިއާންގެ މައްޗަށް ތުހުމަތު ކުރެވެނީ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ ކޮހިސްތާން ޑިސްޓްރިކްޓްގައި ހުންނަ ދާސޫ ހައިޑްރޯޕަވާ ޕްރޮޖެކްޓަކީ ޗައިނާ ގެޒޫބާ ގްރޫޕް ކޮމްޕެނީން ހިންގަމުން އަންނަ މަޝްރޫއެކެވެ. އިސްލާމްއާބާދުގައި ހުންނަ ޗައިނާ އެމްބަސީން މި މައްސަލައާ ގުޅޭ ގޮތުން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު އަންގާރަ ދުވަހު ވިދާޅުވީ އެ މައުލޫމާތުތައް ކަށަވަރު ކުރަމުން އަންނަ ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ ޗައިނާ ސަރުކާރުން އަބަދުވެސް ނަސޭހަތްތެރިވަނީ ބޭރު ގައުމު ތަކުގައި ތިބި އެ ގައުމުގެ ރައްޔިތުން ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށާއި އާދަކާދަތަކަށް އިހުތިރާމް ކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ