މާލެ: 31°C

ޕާކިސްތާނުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓި 41 މީހަކު މަރުވެއްޖެ

January 30, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓި 41 މީހަކު މަރުވެއްޖެ
ޕާކިސްތާނުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓި 41 މީހަކު މަރުވެއްޖެ
ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ލަސްބެލާ ޑިސްޓްރިކްޓްގައި އިއްޔެ ބްރިޖެއްގެ މަތިން ބަހެއް ވެއްޓި  41 މީހުން މަރުވެއްޖެއެވެ. ލަސްބެލާގެ އިސް އޮފިޝަލެއް ކަމަށްވާ ހަމްޒާ އަންޖުމް އާ ހަވާލާދީ އޭއެފްޕީ ބުނީ 48 ފަސިންޖަރުންނާ އެކު ދަތުރުކުރަމުން ދިޔަ ބަސް ވެއްޓުނީ ބްރިޖުމަތީގައި ހުރި ތަނބެއްގައި ޖެހިގެން ކަމަށެވެ. ބަސް ދަތުރުކުރަމުން ދިޔައީ ބަލޫޗިސްތާނުގެ ޕްރޮވިންސް ވެރިރަށް ކުއެޓާ އާއި ކަރާޗީއާ ދެމެދުގައެވެ. އޮފިޝަލަކު ވިދާޅުވީ މަރުވެފައިވާ މީހުންގެ ހަށިތައް ދެނެގަންނަން އުދަނގޫ ކަމަށެވެ. އެކްސިޑެންޓްވީ، ބަސް ޑްރައިވަރު ނިދިޖެހުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށާއި ދަތުރުގައި ޑްރައިވަރު ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ކަމަަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޚުވެފައި ވެ އެވެ. "އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލާނެ،" އަންޖުމް ވިދާޅުވި ކަމަށް އޭއެފްޕީގެ ހަބަރުގައި ވެ އެވެ. އެ ހާދިސާގައި މަރުވި މީހުން ދެނެގަންނާނީ ޑީއެންއޭ ޓެސްޓް ހަދައިގެންނެވެ. ހާދިސާ ހިނގުމާ އެކު ޕާކިސްތާނު ފުލުހުން އެތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލި ނަމަވެސް އޭރު ބަސް އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ