ޕާކިސްތާނުގައި ބޮމެއް ގޮވައި އެތައް ބަޔަކު ޒަހަމްވެއްޖެ

ޕާކިސްތާނުގައި ބޮމެއް ގޮވައި އެތައް ބަޔަކު ޒަހަމްވެއްޖެ
ލިޔުން:
ޕާކިސްތާނުގެ ހުޅަނގު ދެކުނުޕްރޮވިންސް ބަލޫޗިސްތާނުގައި ހިނގި ބޮން ގޮވުމުގެ ހަމަލާއެއްގައި ފަސިންޖަރު ރޭލެއް ފުރޮޅާލައި 13 މީހުން ޒަހަމްވެއްޖެއެވެ.
ހުކުރު ދުވަހުގެ މެންދުރުގެ ފަހު ބޮން ގޮއްވާލާފައިވަނީ ޕްރޮވިންސްގެ ވެރިރަށް ކުއެޓާއާ 150 ކިލޯމީޓަރު (90 މޭލަށްވުރެ) ދުރުގައި އޮންނަ ބޯލަން ޑިސްޓްރިކްޓް ހުރަސްކޮށް ޖަފަރު އެކްސްޕްރެސް ޕެސެންޖަރު ރޭލު ދަތުރުކުރަމުން ދަނިކޮށެވެ. މި ރޭލު ދަތުރުކުރަމުން ދިޔައީ ހުޅަނގު އުތުރުޕްރޮވިންސްގެ ހައިބަރު ޕަހްތޫންހުވާގެ ވެރިރަށް ޕިޝާވާރަށެވެ.
ބޮލާން ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރު އާގާ ސަމީއުﷲ ފޯނުން އަލްޖަޒީރާއަށް ވިދާޅުވީ ކުދި ކުދި ޒަހަމްތައް ލިބިފައިވާ މީހުން، ކައިރި ސިޓީއެއް ކަމަށްވާ ސިބީގައި ހުންނަ ސިވިލް މިލިޓަރީ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި ސީރިއަސް ޒަހަމްވި ދެ މީހުން ކުއެޓާއަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރެސްކިއު އޮޕަރޭޝަން ވަރަށް އަވަހަށް ނިމޭނެ ކަމަށާއި ރޭގަނޑުގެ ވަގުތެއްގައި ރޭލްވޭ ޓްރެކް އޮޕަރޭޓް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ފަސިންޖަރުން ކުއެޓާ ސިޓީއަށް ފޮނުވަނީ ބަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ބަލޫޗިސްތާނުގެ ޗީފް މިނިސްޓަރު މީރު އަބްދުލް ގުދުސް ބިޒެންޖޯ ނެރުއްވި ބަޔާނެއްގައި ވަނީ ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި ވަގުތުން މީހުން ސަލާމަތްކުރުމަށް އިދާރާތަކަށް އަންގަވާފައެވެ. ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު ޕްރޮވިންސެވެ. މި ސަރަޙައްދަކީ ޒަމާނުއްސުރެ ހިނގަމުން އައި ވަކިވެގަތުމުގެ ހަރަކާތެއްގެ މައި މަރުކަޒެވެ.
އެ ޕްރޮވިންސުގައި ގޭހާއި މިނަރަލް ވަސީލަތްތަކުގެ ނާޖާއިޒު ފައިދާ މަރުކަޒީ ސަރުކާރުން ނަގަމުންދާ ކަމަށް ބުނެ، ވަކި ދައުލަތެއް ގެނައުމަށް ގޮވާލައި ހަނގުރާމަވެރިން ދަނީ އެތައް ޒަމާނެއް ވަންދެން ސަރުކާރާ ހަނގުރާމަ ކުރަމުންނެވެ.
ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ޖަމާއަތުން މިދިޔަ ނޮވެމްބަރު މަހު، ސަރުކާރާ އެކު ހަނގުރާމަ ހުއްޓާލާނެ ކަމަށް އިއުލާނު ކުރުމާ އެކު އެ ޕްރޮވިންސްގެ ސަލާމަތީކަންކަން ވަނީ އިތުރުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
