މާލެ: 31°C

ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ ސިފައިންގެ ނުވަ މީހަކު މަރާލައިފި

March 6, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ ސިފައިންގެ ނުވަ މީހަކު މަރާލައިފި
ޕާކިސްތާނުގައި ބޮމެއް ގޮއްވާލާ ސިފައިންގެ ނުވަ މީހަކު މަރާލައިފި
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ހަށި ގޮއްވާލައިގެން ދިން ހަމަލާއެއްގައި ސިފައިންގެ ނުވަ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ. "ޕެރަމިލިޓަރީ ބަލޫޗިސްތާން ކޮންސްޓެބުލަރީގެ ނުވަ ސިފައިން ބޮން ގޮއްވާލި ހާދިސާގައި މަރުވި،"  ފުލުހުންގެ ތަރުޖަމާނު އިޖާޒް އަހްމަދު ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ ގޮއްވުން ގޮއްވާލާފައިވަނީ ބަލޫޗިސްތާން ޕްރޮވިންސްގެ ކަޗީ ޑިސްޓްރިކްޓްގައި ސިފައިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ޕްރޮވިންސްގެ ވެރިރަށް ކުއެޓާގެ އިރުދެކުނުން 160 ކިލޯމީޓަރު ދުރުގައި ސިފައިން ދަތުރުކުރި ބަސް ގޮއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތަރުޖަމާނު މަހްމޫދު ހާން ނޯޓިޒާއީ ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސައިކަލެއްގައި ދިޔަ މީހަކު ފަހަތުން ގޮސް ބަހުގައި ޖެއްސީ ކަމަށެވެ. ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވީ އެ ހަމަލާގައި ހަތް އޮފިސަރަކު ޒަހަމްވެފައިވާ ކަމަށެވެ. ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ބޮން ގޮއްވާލި ގޮތް ތަހުގީގު ކުރާ ފަރާތްތަކުން ބަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ