މާލެ: 31°C

އޮކްސްފޯޑުގެ މެލޭރިޔާ ވެކްސިނަށް ހުއްދަ ދިން ފުރަތަމަ ގައުމަކަށް ގާނާ

April 16, 2023
2 ފަހަރު ބަލާފައި
އޮކްސްފޯޑުގެ މެލޭރިޔާ ވެކްސިނަށް ހުއްދަ ދިން ފުރަތަމަ ގައުމަކަށް ގާނާ
އޮކްސްފޯޑުގެ މެލޭރިޔާ ވެކްސިނަށް ހުއްދަ ދިން ފުރަތަމަ ގައުމަކަށް ގާނާ
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގައި އުފެއްދި މެލޭރިއާ ވެކްސިނަށް ހުއްދަ ދިން ފުރަތަމަ ގައުމަށް ގާނާ ވެއްޖެއެވެ. އާރް21/މެޓްރިކްސް-އެމްގެ ނަމުން ނަން ދީފައިވާ މި ވެކްސިނަކީ ގާނާގެ ފުޑް އެންޑް ޑްރަގްސް އޮތޯރިޓީން، މެލޭރިއާ ޖެހިގެން މަރުވުމުގެ ނުރައްކާ އެންމެ ބޮޑު 5-36 މަހާ ދެމެދުގެ ކުދިންނަށް ބޭނުންކުރުމަށް ހުއްދަ ދީފައިވާ ވެކްސިނެކެވެ. އޮކްސްފޯޑް ޔުނިވާސިޓީގެ ޖެނާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޕްރޮފެސަރު އެޑްރިއަން ހިލް ސިފަކުރެއްވި ގޮތުގައި މިއީ އޮކްސްފޯޑުގައި 30 އަހަރު ވަންދެން ކުރި މެލޭރިއާ ވެކްސިންގެ ދިރާސާގެ ނިމުން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ގައުމުތަކަށް އެކަށީގެންވާ މިންވަރަކަށް ފޯރުކޮށްދެވޭނެ ހައި އެފެކްޓިވް ވެކްސިނެއް އުފެއްދިފައިވާ ކަމަށެވެ. ނަމަވެސް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ މެލޭރިއާއާ ދެކޮޅަށް ކުރާ މަސައްކަތުގައި މި ވެކްސިނަކީ "ސިލްވާ ބުލެޓެއް" ނޫން ކަމަށް ތަޖުރިބާކާރުން އިންޒާރު ދެއެވެ. 2021 ވަނަ އަހަރު މެލޭރިއާ ޖެހިގެން 619،000 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނައީ އެފްރިކާގެ ކުޑަކުދިން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ގާނާގައި 5.3 މިލިއަން މީހުން މެލޭރިޔާ އަށް ޕޮޒިޓިވްވެ 12،500 މީހުން ވަނީ މަރުވެފައެވެ. ޑަބްލިއުއެޗްއޯ އިން "އާރް21" ވެކްސިން ފުޅާ ދާއިރާއެއްގައި ބޭނުން ކުރަން އަދި ލަފާ ދީފައި ނުވާއިރު، މިކަމުގެ ސަބަބުން އެކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފައިސާ ލިބޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ. ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓްރަޔަލްތައް މިހާރު ކުރިއަށް ދާއިރު، މީގެ ކުރިން ކުރި ޓްރަޔަލްތަކުން 77 ޕަސެންޓުގެ އެފެކްޓިވް ލެވެލް ދައްކާފައިވާއިރު، އޭގެ އަހަރެއް ފަހުން ދިން އެންމެ ބޫސްޓާ ޑޯޒަކަށް ފަހު އެ ވެކްސިން ދަމަހައްޓާފައިވެއެވެ. އާރް21 ވެކްސިން އުފައްދަމުން އަންނަ ބަޔޯޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ބުނީ އަހަރަކު 200 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ