މާލެ: 31°C

އޯރިއޯ ބިސްކޯދު ވަގަށްނަގާ ބެއާއެއް

May 28, 2024
2 ފަހަރު ބަލާފައި
އޯރިއޯ ބިސްކޯދު ވަގަށްނަގާ ބެއާއެއް
އޯރިއޯ ބިސްކޯދު ވަގަށްނަގާ ބެއާއެއް
ބެއާއެއް އެމެރިކާގެ ކެލިފޯނިއާގެ މޮންރޯވިއާ ސަރަޙައްދުގައި ހުރި ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ އޯރިއޯ ބިސްކޯދު ފެކެޓެއް ވަގަށްނަގައިފިއެވެ. އަދި މީގެ ހަފުތާއެއް ކުރިން ހަމަ އެ ބެއާ އެގޭ ކުރިމަތީ ޕާކުކޮށްފައި އޮތް ކާރުގެ ޑިކީ ހަލާކުކޮށްލައިގެން އޯރިއޯ ބިސްކޯދު ޕެކެޓެއް ވަނީ ނަގާފައެވެ. އެ ގޭގެ ވެރިމީހާ ބުނެފައިވަނީ ކާރުގެ ޑިކީ ތެރޭގައި ގިނަ އަދަދަކަށް އެހެނިހެން ބާވަތުގެ ކާ ތަކެތިވެސް ހުންނާނެކަމަށެވެ. ނަމަވެސް ނަގާފައިވަނީ އޯރިއޯ ޕެކެޓް އެކަނި ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ މީހުން ވަނީ މި ހާއްސަ ބެއާގެ ނަމަކީ "އޯރިއޯ" ކަމަށް ވެސް ބުނެފަ އެވެ. އެސަރަޙައްދުގައި ދިރިއުޅޭ ފަރާތަކުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނީ 2023 ވަނަ އަހަރު ވެސް އެފަދަ ހާދިސާއެއް ދިމާވި ކަމަށާއި އެފަހަރު އޭނާގެ ގޭގެ ގަރާޖު ހަލާކޮށްލައިގެން ބެއާއެއް ވަދެ، ފްރިޖުން ޗޮކްލެޓް ކޭކެއް ނަގައިގެން ގެންގޮސްފައިވާކަމަށެވެ. އެމެރިކާގެ ކެލިފީނިއާގެ މޮންރޯވިއާ ސަރަޙައްދަކީ ގިނަ އަދަދަކަށް ބެއާތައް މީހުން ދިރިއުޅޭ ހިސާބުތަކަށް އައިސް ގޮސްއުޅޭ ސަރަޙައްދެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ