މާލެ: 31°C

އޮމާންގެ ވައިގެ ސަރަހައްދު އިޒްރޭލަށް ހުޅުވާލައިފި

February 23, 2023
2 ފަހަރު ބަލާފައި
އޮމާންގެ ވައިގެ ސަރަހައްދު އިޒްރޭލަށް ހުޅުވާލައިފި
އޮމާންގެ ވައިގެ ސަރަހައްދު އިޒްރޭލަށް ހުޅުވާލައިފި
އިޒްރޭލުގެ އެއާލައިންތަކަށް އޮމާން މަތިން ދަތުރު ކުރެވޭ ގޮތަށް އެ ގައުމުގެ ވައިގެ ސަރަހައްދު ހުޅުވާލައިފިއެވެ. އޮމާންގެ ވައިގެ ސަރަހައްދު ހުޅުވާލުމުން އިޒްރޭލުން އޭޝިޔާއަށް ވައިގެ މަގުން ކުރާ ދަތުރުގެ ވަގުތު ދެ ގަޑިއިރަށް ކުރުވެގެން ދާނެއެވެ. އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޯހެން ވަނީ އެ ނިންމުމަށް، އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިގު އަލް ސައީދަށް ޝުކުރު އަދާކުރައްވާފައެވެ. ކޯހެން ވިދާޅުވި ގޮތުގައި އޮމާނުގެ ނިންމުމަކީ ތާރީހީ ނިންމުމެކެވެ. އިޒްރޭލުގެ އިގްތިސާދާއި އިޒްރޭލުގެ ދަތުރުވެރިންނަށް ތާރީހީ އަދި މުހިންމު ނިންމުމެއް ކަމަށް ކޯހެން ވިދާޅުވިއެވެ. މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިންވެސް ވަނީ އިޒްރޭލުގެ އެއާލައިންތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. ސައުދީން އެގޮތަށް ނިންމީ އެމެރިކާގެ ރައީސް ޖޯ ބައިޑަން މިދިޔަ އަހަރު އެ ގައުމަށް ކުރެއްވި ޒިޔާރަތަށް ފަހުއެވެ. އިޒްރޭލާއި އޮމާންއާ ދެމެދު ސިޔާސީ ގުޅުމެއް ނެތް ނަމަވެސް އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމުކުރި ޔޫއޭއީ އާއި ބަހްރެއިން ނިންމި ނިންމުމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ