ކަންބޮޑުވުން ފާޅުކުރި ދިވެހި ޒުވާނާ[/caption]
އެއާ ގުޅިގެން ބިދޭސީ ޒުވާނަކު ދިވެހި ބަހުން ހެދި ޓިކްޓޮކެއްގައި ބުނީ، ރާއްޖެއަށް ކުރިއެރުން ލިބެނީ ބިދޭސީން ރާއްްޖޭގައި އުޅޭތީކަމަށެވެ. އިންޒާރުދިނުމުގެ ރާގެއްގައި އޭނާ ވަނީ ބިދޭސީން ރާއްޖޭގައި އުޅުމުގެ މުހިންމުކަމުގެ ވާހަކަ ދައްކާފައެވެ.
ކޮންމެއަކަސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ގިނަވެ، ގައުމުގެ އެކި ކަންކަމަށް އަތްގަދަކުރަމުނަދާތާ ދުވަސްތަކެއް ވެއްޖެއެވެ.
ރާއްޖޭގައި ބިދޭސީން ކުށް ކުރުން އިތުރުވެފައިވާއިރު، ބިދޭސީންނާ ގުޅިގެން ބަލާ މައްސަލަތަކުގެ ތެރޭގައި މާރާމާރީ އާއި މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ. ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން އެންމެ ފަހުން އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެކްޓިވް ވޯކް ޕާމިޓް އެންމެ ގިނައިން ދޫކޮށްފައި ވަނީ ބަންގްލަދޭޝްއާއި އިންޑިއާއާއި ސްރީލަންކާގެ މީހުންނަށެވެ. އޭގެ ތެރޭގައި އެކްޓިވް ވޯކް ޕާމިޓް އޮތް ބަންގްލަދޭޝްގެ 139،220 މީހުންނާއި އިންޑިއާގެ 94،553 މީހުންނާއި ލަންކާގެ 30،817 މީހުން ހިމެނެއެވެ.
ރާއްޖޭގައި ބިދޭސީން ރެގިއުލޭޓްކޮށް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސަކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ބިދޭންސީގެ ރުހުމުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމްވެސް ސަރުކާރުން ކުރެއެވެ. ބޮޑު ސުވާލަކީ، މިހާ ގިނަ އަދަދަކަށް ގަވައިދާ ހިލާފަަށް ބިދޭސީން މި އުޅެނީ ހިކިނެއް ކީއްވެގެން ތޯއެވެ؟ މިކަމުގެ ޒިންމާ ނަގަނީ ކޮންބައެއްތޯއެވެ؟ ހަގީގަތަކީ މިކަމުގެ އަސްލަކަށް މިވަނީ ހަމަ ދިވެހިން ކަމެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެ ކުރާ ކުންފުނިތަކުން އެ މީހުންގެ ވިސާ އާނުކޮށް ބެހުއްޓުމާއި މަސައްކަތް ނިމުމުން އެ މީހުންނައް އެއްވެސް ވަރަކަށް އަޅާނުލާ މުޖުތަމައުތެރެއަށް ދޫކޮށްލުމާއި، މުސާރަނުދީ ގެންގުޅުމަކީ ބިދޭސީން ގަވައިދާ ހިލާފްވާ މައިގަނޑު ސަބަބުތަކެވެ. މަދުން ނަމަވެސް ބިދޭސީ މީހާ އޭނާ ގެންނަ ކުންފުންޏައް ނުވަތަ މީހާ އަށް ފިލާއިގެން އުޅޭ ތަންވެސް އާދެއެެވެ. ގިނަ ފަހަރު އެހެން ދިމާވަނީ އެމީހުން ގެންނަ ދިވެހިންގެ އަމަލުކުރާ ގޮތުންނެވެ. ޕާސްޕޯޓު ހިފެހެއްޓުމާއި، މުސާރަ ނުދީ މަސައްކަތްކުރުވުމާއި، ދިރިއުލޭ ހާލަތު އިންތިހާއަށް ދަަށް ވުމަކީ އެމީހުން ފިލަން މެދުވެރިވާ ބައެއް ސަބަބުތަކެވެ. އެހެންކަމުން، ނުގަވައިދުން ބިދޭސީން ގިނަވުމުން، އެމީހުންނަށް އިނގިލި ދިއްކުރުމުގެ އެކަން މި ކުރަނީ ހަމަ ދިވެހިން ކަން ދަންނަނަށް ވެސް އެބަޖެހެއެވެ. ދާހިލީ ސަލާމަތާ ބެހޭ މިނިސްޓަރު ޑރ. އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަމަލުތަކާ މެދު ކުރިން ބުނި ޒުވާނާ ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަކީ، މި ސަރުކާރުން ހައްލުކުރަން މަސައްކަތް ކުރަމުންދާ މައްސަލަތައްކަމަށެވެ. މީގެ އިތުރުން ހުއްދަނެތި ބިދޭސީން ކުރާ ވިޔަފާރި ހުއްޓުވަންކުރާ މަސައްކަތް ފުޅާ ކުރުމަށް، މަސައްކަތްތަކެއް ރާވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ރޭ "އަހާ" ފޯރަމްގައި ވިދާޅުވެފައެވެ. ސަރުކާރުން މިކަމަށް ހަމިއްޔަތުކަމެއް ދެއްވާކަމަކީ ހެޔޮފާލެކެެވެ.






