ނިއުކްލިއާ ބޮމުގެ ބިރަކީ ދޮގު ބަހަނާއެއް: ހާމަނާއީ

ނިއުކްލިއާ ބޮމުގެ ބިރަކީ ދޮގު ބަހަނާއެއް: ހާމަނާއީ
ލިޔުން:
އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމަށް ބުނާ ވާހަކަތަކަކީ އިތުބާރު ނެތް، ބައިނަލްއަގުވާމީ ފަރާތްތަކުން ބޭނުންކުރާ ދޮގު "ބަހަނާއެއް" ކަމަށް އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ނިއުކްލިއާ އޮފިޝަލުންނާއި ސައިންސްވެރިންނާ އެކު ތެހެރާނުގައި ބޭއްވި އެއްވުމެއްގައި ހާމަނާއީ ވިދާޅުވީ އީރާނުން އިސްލާމީ ރިވެތި އުސޫލުތަކަށް ބޯލެނބުމަކީ ހަތިޔާރު ގެނައުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
ހާމަނާއީ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންވާނަމަ އީރާނުގެ ނިއުކްލިއާ ކުރިއެރުންތައް ހުއްޓުވަން ނުކުޅެދިފައިވާ ފަދައިން ބޭރުގެ ބާރުތަކަށް ވެސް އެކަން ނުހުއްޓުވުނީސް ކަމަށެވެ.
އޭނާ ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު ބަހަނާއެއް ކަމަށާއި އެކަމުގައި އޮތީ ތަފާތު އެޖެންޑާއެއް ކަމަށެވެ. އަދި ނިއުކްލިއާ ކުރިއެރުންތަކަކީ އެހެނިހެން އެކި ކަންކަމުގައި ގައުމުގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަން އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް އެނގޭ ކަމަށް ވިދާޅުވިއެވެ.
އީރާނުން މިހާރު ޔޫރޭނިއަމް 60 އިންސައްތައަށް މުއްސަނދިކޮށްފައިވާއިރު، މިއީ ބޮމެއް ގެނައުމަށް ބޭނުންވާ 90 އިންސައްތައަށްވުރެ ސާފުކަމުން އެޅުނު ކުރު ޓެކްނިކަލް ފިޔަވަޅެއް ކަމަށާއި، އެއް ބޮމަށްވުރެ ގިނަ ބޮމަށް ބޭނުންވާ ވަރަށް ފިސިލް މެޓީރިއަލް އެއްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ހުޅަނގުގެ އިންޓެލިޖެންސް ވަސީލަތްތަކާއި މޮނިޓަރުންނަށް ނިއުކްލިއާ ބޮމެއް އުފައްދަން ތެހެރާނުން އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ކަމުގެ އެއްވެސް އިޝާރާތެއް ފެނިފައެއް ނުވެއެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާރުތަކުން އީރާނަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ފަދަ ބައެއް ބާރުތަކަށް ވައުދުތައް ފުއްދުމަށް ބަރޯސާ ނުވެވޭނެކަން ހާމަވެފައިވާ ކަމަށެވެ.
އީރާނާއި އައިއޭއީއޭއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކަށް އާދެވުނީ 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ހަދާފައިވާ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމުގެ ކުރިން ނިންމަން ޖެހޭ މައްސަލަތައް ހައްލުކުރުމަށެވެ.
އައިއޭއީއޭ އިން މި މަހުގެ ކުރީކޮޅު ބުނެފައި ވަނީ އީރާނުގެ ނިއުކްލިއާ ސައިޓްތަކާ ގުޅުން ހުރި ހަތަރު މައްސަލައިގެ ތެރެއިން ދެ މައްސަލައަކާ ގުޅޭ ގޮތުން އިތުރު ސުވާލުތަކެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
