ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެކަމުގެ އިޝާރާތެއް ޕޫޓިން ދެއްވައިފި

ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެކަމުގެ އިޝާރާތެއް ޕޫޓިން ދެއްވައިފި
ލިޔުން:
ޔޫކްރޭންގެ މައްޗަށް ކާމިޔާބު ހޯއްދަވައިދެއްވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވައުދުވެވަޑައިގެންފި.
ޕުޓިން މިހެން ވިދާޅުވީ މިހާރު ސްޓާލިންގްރާޑްގައި "ނާޒީ" ޖަރުމަނުގެ މައްޗަށް ރެޑް އަސްކަރިއްޔާއިން ހޯދި ކާމިޔާބީއަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަޝިޔާގެ ރައީސްގެ ވާހަކަފުޅުގައި، ދެވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަންއިން ކުރި ހަނގުރާމައާއި، މިހާރު ހިނގަމުންދާ ރަޝިޔާ އާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކާ އެއްގޮތް ކަންތައްތަކެއް ފާހަގަކުރެއްވިއެވެ.
1941-1945 ވަނަ އަހަރު ނާޒީ ޖަރުމަނާ ދެކޮޅަށް ކުރި ހަނގުރާމައަށް އިޝާރަތް ކުރައްވަ ޕުޓިން ވިދާޅުވީ ރަޝިޔާ މީހުން ތިބީ "ނިމެންދެން" ދާން ތައްޔާރަށް ކަމަށެވެ.
"ތަކުރާރުކޮށް އަޅުގަނޑުމެންނަށް މަޖުބޫރުވަނީ އެއްބައިވަންތަ ހުޅަނގުގެ ހަރުކަށި ފިކުރުތައް ފަހަތަށް ޖައްސަން،" ކުރިން ސްޓާލިންގްރާޑްގެ ނަމުން މަޝްހޫރުވި ވޮލްގާ ކޯރުގެ ސިޓީގައި ޕޫޓިން ވިދާޅުވިއެވެ.
"ހިތާމައަކީ ނާޒިޒަމްގެ ފިކުރު ޒަމާނީ ސިފައާއި ފާޅުވުމުގައި އަނެއްކާވެސް ސީދާ އަޅުގަނޑުމެންގެ ގައުމުގެ ސަލާމަތަށް ނުރައްކާވާ ތަން އަޅުގަނޑުމެންނަށް ފެނޭ،" ޕޫޓިން ވިދާޅުވި އެވެ.
ޖަރުމަނުން ޔޫކްރެއިން ފޮނުވަން ނިންމާފައިވާ ބާރުގަދަ ހަނގުރާމައިގެ ޓޭންކްތަކަށް އިޝާރާތް ކުރައްވައި ޕޫޓިން ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޮތް ފަދައިން ޖަރުމަނުން ރަޝިޔާއަށް "އަނެއްކާވެސް" އިންޒާރު ދެމުން އަންނަ ކަމަށެވެ. ނަމަވެސް މޮސްކޯއަށް އިންޒާރުދޭ ގައުމުތަކަށް "ޖަވާބު" ދެވިދާނެ ކަމަށް ވިދާޅުވިއެވެ.
"ތަކުރާރުކޮށް އަޅުގަނޑުމެން އެބަޖެހޭ، އެއްބައިވަންތަ ހުޅަނގުގެ ހަރުކަށި ފިކުރުތައް ފަހަތަށް ޖައްސަން. ވަރަށް މޮޅު... އެކަމަކު އެއީ ހަގީގަތަކީ: ޖަރުމަނު ލެޕާޑް ޓޭންކްތަކުން އަނެއްކާވެސް އަހަންނަށް ބިރުދައްކަމުން މިދަނީ" ވިދާޅުވިއެވެ.
ރަޝިއާގެ ރައީސް އިތުރަށް ވިދާޅުވީ ރަޝިއާއާ އެކު އާ ހަނގުރާމައަކަށް ޔޫރަޕްގެ ގައުމުތައް އެކުވެގެން ކާމިޔާބު ލިބޭނެ ކަމަށް އުއްމީދުކުރާ މީހުންނަށް ރަޝިއާއާ އެކު ޒަމާނީ ހަނގުރާމައެއް ކުރުމަކީ ތަފާތު ވާނެ ކަމެއްކަން ނުވިސްނޭ ކަމަށެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާއިން ބޯޑަރުތަކަށް ޓޭންކް ނުފޮނުވާ ކަމަށާއި ނަމަވެސް ރައްދު ދިނުމުގެ ވަސީލަތްތައް އެބަހުރި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަޝިއާ ނިމުމަކަށް އަންނާނީ "އާމާޑް ވެހިކަލް" ބޭނުންކޮށްގެން ނޫން ކަމަށާއި ހުޅަނގުން އެކަން ވިސްނަން ޖެހޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
