ނިއުކްލިއާ ހަތިޔާރު ބެލަރޫސްއަށް ބަދަލުކޮށްފައިވާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

ނިއުކްލިއާ ހަތިޔާރު ބެލަރޫސްއަށް ބަދަލުކޮށްފައިވާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
ލިޔުން:
ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުގެ ފުރަތަމަ ބެޗެއް ބެލަރޫސްގައި ސްޓޭޝަން ކޮށްފައިވާ ކަމަށް ރަޝިޔާގެ ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ރައީސް، ފޯރަމެއްގައި ވިދާޅުވީ އެ ތަކެތި ބޭނުން ކުރާނީ ރަޝިއާގެ ސަރަހައްދަށް ނުވަތަ ދައުލަތަށް ނުރައްކަލެއް ކުރިމަތިވެއްޖެ ނަމައެވެ.
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން ޔޫކްރެއިންއަށް ހަމަލާދޭން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.
"ރަޝިޔާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ތައްޔާރުވަމުންދާކަމުގެ އެއްވެސް އިޝާރާތެއް ނުފެނޭ" ޕުޓިން ދެއްކި ވާހަކައާ ގުޅިގެން އެމެރިކާގެ ޙާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވިއެވެ.
ބެލަރޫސް އަކީ ރަޝިއާގެ މުހިންމު ބައިވެރިއެކެވެ. ޕުޓިން ވިދާޅުވީ ޓެކްޓިކަލް ނިއުކްލިއާ ވޯހެޑްތައް ބަދަލުކުރުމުގެ މަސައްކަތް ހޫނު މޫސުން ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ތަގުރީރު ކުރެއްވުމަށް ފަހު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރަޝިއާގެ ރައީސް ވިދާޅުވީ އެއީ "ކޮންޓެއިންމެންޓް" ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި އަދި ސްޓްރެޓެޖިކް ނާކާމިޔާބީއެއް ދޭން ވިސްނާ ކޮންމެ މީހަކަށް ވެސް ހަނދާންކޮށްދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
"މުޅި ދުނިޔެއަށް ބިރު ދައްކަންވީ ކީއްވެ ހެއްޔެވެ؟ ރަޝިއާގެ ދައުލަތަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑު ކުރިން ވެސް ދެންނެވިން." އެ ހަތިޔާރުތައް ބޭނުން ކުރުމުގެ ފުރުސަތު އޮތްތޯ ފޯރަމްގެ މޮޑަރޭޓަރު ސުވާލު ކުރުމުން ޕުޓިން ވިދާޅުވިއެވެ.
ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށް ނުވަތަ ލިމިޓެޑް ސްޓްރައިކަކަށް ބޭނުންވާ ކުދި ނިއުކްލިއާ ވޯހެޑްތަކާއި ޑެލިވަރީ ސިސްޓަމްތަކެވެ. އެއީ ވަކި ސަރަހައްދެއްގައި ދުޝްމަނުންގެ އަމާޒުތައް ހަލާކުވާ ގޮތަށް ފަރުމާކޮށްފައިވާ ރޭޑިއޯއެކްޓިވް ފޯލްއައުޓް ނުއުފެދޭ ގޮތަށެވެ.
އެންމެ ކުދި ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރަކީ އެއް ކިލޯޓަން ނުވަތަ އެއަށް ވުރެ ކުޑަ ހަތިޔާރެކެވެ. .
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
