އުތުރުކޮރެޔާގެ ވެރިރަށް ފަސް ދުވަހަށް ލޮކްޑައުންކޮށްފި

އުތުރުކޮރެޔާގެ ވެރިރަށް ފަސް ދުވަހަށް ލޮކްޑައުންކޮށްފި
ލިޔުން:
ދުނިޔެއާ އެކަހެރިވެގެން އުޅޭ އުތުރު ކޮރެއާގައި ކޮވިޑް-19 ގޭ ކޭސްތައް އިތުރުވަމުންދާތީވެ ވެރިރަށް ޕިއޮންޔޮންގް ފަސް ދުވަހަށް ލޮކްޑައުން ކުރަން އަންގާފައި ނޫސް ރިޕޯޓްތައް ބުނެފިއެވެ.
އުތުރުކޮރެޔާގެ ސަރުކާރުގެ އިއުލާނަކާ ހަވާލާދީ ދެކުނު ކޮރެޔާގެ ނޫސް އެޖެންސީއަކުން ރިޕޯޓްކުރި ގޮތުގައި އަންނަ ހަފްތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް މީހުން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަށިގަނޑުގެ ފިނިހޫނުމިން ޗެކްކުރުމަށް ފަހު ރިޕޯޓް ހުށަހަޅަން އިރުޝާދު ދީފައިވާ ކަމަށެވެ.
އެ ނޯޓިސްގައި ސީދާ ކޮވިޑް-19 ގެ ވާހަކަ ފާހަގަކޮށްފައެއް ނުވެއެވެ. އަންގާރަ ދުވަހު އެންކޭ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޮކްޑައުންގެ އަޑުތައް ފެތުރެން ފެށުމާއެކު ވެރިރަށުގެ ރައްޔިތުން ކާބޯތަކެތި ޖަމާކުރުމުގެ މަސައްކަތް ފެށީ ކަމަށެވެ.
އުތުރު ކޮރެއާއިން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެތުރެން ފެށިކަން ހާމަކުރި ނަމަވެސް ޓެސްޓު ކުރުމުގެ ގާބިލުކަން މަދުކަމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އެ ގައުމުން ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބަލި ފެތުރުމުން "ކާމިޔާބީ" އިއުލާނުކޮށްފައެވެ. ރޯގާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާއިން ރިޕޯޓް ކުރަމުން ދިޔަ ނަމަވެސް ލޮކްޑައުންގެ އަމުރު އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.
އެންކޭ ނިއުސް އިން ބުނީ ފާއިތުވި ދުވަސްތަކުގައި ހަނދުގެ އާ އަހަރާ ދިމާކޮށް ބޭއްވި ހަފްލާތަކުގައި ޕިއޮންޔޮންގްގެ ރައްޔިތުން ތިބީ މާސްކު އަޅައިގެން ކަމަށެވެ.
އަންގާރަ ދުވަހު ދައުލަތުގެ ނިއުސް އެޖެންސީ ކޭސީއެންއޭ އިން ބުނީ ދެކުނު ކޮރެއާގެ ބޯޑަރު ކައިރީގައި އޮންނަ ކައިސޮންގް ސިޓީން ޕަބްލިކް ކޮމިއުނިކޭޝަން ކެމްޕޭންތައް ވަރުގަދަކޮށްފައިވަނީ ވަޒީފާ އަދާކުރާ ހުރިހާ ރައްޔިތުން ވެސް އެމީހުންގެ މަސައްކަތާއި ދިރިއުޅުމުގައި އަމިއްލަ އަށް ބަލިމަޑުކަމާ ދެކޮޅަށް ހަދާފައިވާ ގަވައިދުތަކަށް ތަބާވާ ގޮތަށް ކަމަށެވެ.
އުތުރު ކޮރެއާގެ އެންމެ ބޮޑު ބައިވެރިޔާ އަދި ވިޔަފާރީގެ ބައިވެރިޔާ ޗައިނާއިން މިދިޔަ އަހަރުގެ ފަހުކޮޅު ޒީރޯ ކޮވިޑް ސިޔާސަތު ދޫކޮށްލި ފަހުން ކޭސްތައް އިތުރުވަމުންދާއިރު، ޗައިނާއިން ދަނީ ކޭސްތައް އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
