މާލެ: 31°C

އުތުރު ކޮރެއާގެ ހަތިޔާރަށް ރަޝިޔާއިން ކާބޯތަކެތި ދެނީ

April 1, 2023
2 ފަހަރު ބަލާފައި
އުތުރު ކޮރެއާގެ ހަތިޔާރަށް ރަޝިޔާއިން ކާބޯތަކެތި ދެނީ
އުތުރު ކޮރެއާގެ ހަތިޔާރަށް ރަޝިޔާއިން ކާބޯތަކެތި ދެނީ
ހަތިޔާރުގެ ބަދަލުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ރަޝިޔާއިން އުތުރު ކޮރެއާއަށް ވަފުދެއް ފޮނުވަމުން ނިންމާފައިވާ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެއްޖެއެވެ. ކާބީ ވިދާޅުވީ އުތުރު ކޮރެއާ އާއި ރަޝިޔާއާ ދެމެދު ހަތިޔާރުގެ އެއްވެސް އެއްބަސްވުމެއް ހެދުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފު ކަމެއް ކަމަށެވެ. އެމެރިކާއިން ވަނީ އުތުރު ކޮރެއާއިން ރަޝިޔާގެ ކުލީ ސިފައިންގެ ވެގްނާ ގްރޫޕާއި ޔޫކްރެއިންގައި ތިބި ރަޝިޔާގެ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދިން ކަމުގެ ތުހުމަތު މީގެ ކުރިންވެސް ކޮށްފައެވެ. އެކަމަކު ނޯތު ކޮރެޔާއިން ވަނީ މީގެ ކުރިން ވެސް އެ ވާހަކަތައް ދޮގުކޮށްފައެވެ. ކާބީ ވިދާޅުވީ އެމެރިކާއިން ދަނީ ހާލަތު ބަލަމުން ކަމަށާއި ތުހުމަތު ކުރެވޭ އެއްބަސްވުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އެމެރިކާގެ ޓްރެޝަރީއިން ވަނީ ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު ބްރޯކަރެއްގެ ގޮތުގައި މަސައްކަތްކުރި ސްލޮވާކިއާގެ މީހަކު ބްލެކް ލިސްޓްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ