އުތުރު ކޮރެޔާއަށް އެތެރެވި އެމެރިކާ މީހަކު ހައްޔަރުކޮށްފި

އުތުރު ކޮރެޔާއަށް އެތެރެވި އެމެރިކާ މީހަކު ހައްޔަރުކޮށްފި
ލިޔުން:
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އުތުރު ކޮރެޔާ އާއި ދެކުނު ކޮރެއާ ގުޅޭ ބޯޑަރު ހުރަސްކޮށް އެމެރިކާގެ ރައްޔިތަކު އުތުރު ކޮރެއާއަށް ވަދެއްޖެ ކަމަށް އެ ސަރަހައްދު ބަލަހައްޓަމުން އަންނަ އދ.ގެ ކޮމާންޑުން ބުނެފިއެވެ.
އދ.ގެ ކޮމާންޑުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެމެރިކާގެ ރައްޔިތަކު ކޮރެއާގެ ބޯޑަރު އަވަށެއް ކަމަށްވާ ޕަންމުންޖޮމްއަށް ކުރި ދަތުރެއްގައި ބޯޑަރު ހުރަސްކޮށް އުތުރުގެ ކޮރެޔާ އަށް އެތެރެވީ ހުއްދަ ނެތި ކަމަށެވެ.
އަދި އޭނާ މިވަގުތު ހުރީ އުތުރު ކޮރެއާގެ ބެލުމުގެ ދަށުގައި ކަމަށާއި، އދ.ގެ ކޮމާންޑުން ދަނީ އުތުރު ކޮރެއާގެ އަސްކަރިއްޔާއާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ނަމަވެސް އެއީ ކާކުކަމާއި ބޯޑަރު ހުރަސްކުރީ ކީއްވެ ކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބޯޑަރު ސަރަހައްދުގައި ހިނގި މި ހާދިސާއާ ބެހޭ ގޮތުން އަދި އެއްވެސް ރިޕޯޓެއް ނުކުރެއެވެ.
248 ކިލޯމީޓަރު (154 މޭލު) ދިގު ޑިމިލިޓަރައިޒްޑް ޒޯންގެ ތެރޭގައި އޮންނަ ޕަންމުންޖޮމް އަކީ ކޮރެއާ ހަނގުރާމަ ނިމުނު އިރު އުފެދުނު ފަހުން އދ.ގެ ކޮމާންޑާއި އުތުރު ކޮރެއާ ގުޅިގެން ބަލަހައްޓަމުން އަންނަ ސަރަހައްދެކެވެ. ލޭ އޮހޮރުވުމާއި ބަޑީގެ ހަމަލާތައް ވެސް ބައެއް ފަހަރު އެތަނުގައި ހިނގާފައި ވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދެކުނު ކޮރެއާއިން އެއްވެ އުޅުން މަނާކުރުމުން ކޮރެއާގެ ބޯޑަރު އަވަށެއް ކަމަށްވާ ޕަންމުންޖޮމަށް ކުރާ ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް މިދިޔަ އަހަރު ހާލަތު ރަނގަޅުވުމުން މި ދަތުރުތައް މުޅިން އަލުން ފެށިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
