މާލެ: 31°C

ނައިޖީރީއާގެ ފައްޅިއަކުން 40 މީހުން ވަގަށް ނަގައިފި

May 9, 2023
2 ފަހަރު ބަލާފައި
ނައިޖީރީއާގެ ފައްޅިއަކުން 40 މީހުން ވަގަށް ނަގައިފި
ނައިޖީރީއާގެ ފައްޅިއަކުން 40 މީހުން ވަގަށް ނަގައިފި
ނައިޖީރިއާގެ އުތުރުގެ އަވަށެއްގެެ ޗާޗަކުން، ހަތިޔާރު އެޅި ބަޔަކު 40 މީހުން ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ހަތިޔާރު އެޅީ ގްރޫޕުތަކުން އެ ގައުމުގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި މީހުން ވަގަށް ނަގަމުން ދެއެވެ. ވަގަށް ނެގުމުގެ ހާދިސާތައް ގިނައިން ހިނގަމުން ދަނީ އަވަށްތަކާއި ސްކޫލްތަކާއި މަގުމަތީގައެވެ. އެ ސަރަހައްދުތަކަކީ ސަރުކާރުގެ މާ ބޮޑު ސެކިއުރިޓީއެއް އޮތް ސަރަހައްދެއް ނޫނެވެ. ކަޑޫނާ ސްޓޭޓްގެ ކްރިސްޓިއަން އެސޯސިއޭޝަން އޮފް ނައިޖީރިއާ (ކޭން) ގައި އިސްކޮށް ހަރަކާތްތެރިވާ ޖޯސެފް ޖޯން ހަޔާން ބުނީ އެ ހާދިސާ ހިނގާފައިވަނީ މަދަލާ ވިލެޖްގެ ބެޖް ބެޕްޓިސްޓް ޗާޗުގެ ޗާޗެއްގެ އާދިއްތަ ދުވަހު ކަމަށެވެ. ވަގަށް ނެގި މީހުންގެ ތެރެއިން 15 މީހަކު ސަލާމަތްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ބާކީ ތިބި 25 މީހުންނާ ގުޅޭ އެއްވެސް މައުލޫމާތުއް ލިބިފައިނުވާ ކަމަށްވެސްް ޖޯސެފް ނޫސްތަކަށް މައުލޫމާތު ދީފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ