- ނޭފަތްބެދުން: ބައެއް މީހުނަށް ސައިނަސްގެ އުނދަގޫވާ ދުވަސްވަރު ގުގުރިދެމެއެވެ. އަދި ނޭފަތުގެ ކަށިގަނޑު ލެނބިފައި ހުންނަ ނަމަވެސް ގުގުރި ދެމޭނެއެވެ.
- ދުލާއި ކަރުގެ މަސްތަކުގެ ބާރުދަށްވުން: ނިދާފައި އޮންނަ ގަޑީގައި ދުލާއި ކަރުތެރޭގެ މަސްތަކުގެ ބާރުދަށްވެ ނޭވާލުމަށް ވައިދައުރުވާ މަގަށް ފެތުރޭނަމަވެސް ގުގުރިދެމޭނެއެވެ.
- ކަރުގައި މަސްޖެހުން: ބަރުދަން އިތުރުވުމުގެ ސަބަބުން ކަރުގައި މަސްޖަހާފައި ހުންނަ ނަމަ ގުގުރި ދެމޭނެއެވެ. އަދި ބައެއް ކުޑަކުދިންގެ ޓޮންސިލް އަދި އެޑެނޮއިޑް ބޮޑުވުމުގެ ސަބަބުންވެސް ގުގުރި ދެމޭނެއެވެ.
- ކުޑަދޫ ދިގުވުން: ކުޑަދޫ ދިގުނަމަވެސް ނޭވާލުމަށް ކަރުގައި އޮންނަ ޖާގަ ހަނިކުރާނެއެވެ. އަދި ކުޑަދޫ ދެކަފިވެފައި ހުންނަ ނަމަ ނޭވާލުމުގައި ދެބައި ވައިބްރޭޓްވުމުގެ ސަބަބުން ވެސް ކަރުތެރެ ބެދެން ދިމާވެއެވެ.
- ބަނގުރަލާއި މަސްތުވާތެކތި ބޭނުން ކުރުން: ބަނގުރާ ބޭނުން ކުރުމާއި، މަސްތައް ހަމަ ޖައްސާލުމަށް ބޭނުން ކުރެވޭ ތަކެތީގެ ސަބަބުން ކަރާއި ދުލުގެ މަސްތައް މާބޮޑަށް މަޑުވެ އޭގެ ބާރު ކެނޑުމުން ވެސް ގުގުރި ދެމޭނެއެވެ.
- ނިދަން އޮންނަ ގޮތުން: އުއްޑުން ނިދަން އޮންނަ ނަމަ ގުގުރި ދެމުން އިތުރުވާނެއެވެ. ނަމަވެސް މާހަރު ނޫން ބާލީހެއް ބޭނުންކޮށްގެން ބޯ ކުޑަކޮށް އުފުލިފައި އެއް ފަރާތަށް އޮންނަ ނަމަ މިކަމަށް ލުއި ލިބޭނެއެވެ.
- ހަމަ ނިދިނުލިބުން: ރޭގަނޑުގެ ނިދި ރަގަޅަށް ނުލިބޭ ނަމަވެސް ކަރާއި އަނގައާއި ގުޅިފައި ހުންނަ މަސްތައް މާބޮޑަށް ރިލެކްސް ވުމުގެ ސަބަބުން މި ކަން މެދުވެރިވެދާނެއެވެ.
ނިދީގައި ގުގުރިދެމުމަކީ، ހީކުރާ ވަރަށްވުރެ ސީރިއަސް ކަމަކަށް ވެދާނެ

ނިދީގައި ގުގުރިދެމުމަކީ، ހީކުރާ ވަރަށްވުރެ ސީރިއަސް ކަމަކަށް ވެދާނެ
ލިޔުން:
ނިދީގައި ގުގުރިދެމުމަކީ ނިދާފައި އޮންނަ އިރު، ނޭވާލާއިރު ބާރުއަޑެއް ހުރުމެވެ. ކޮންމެ މީހަކަށް ވެސް މިކަން ދިމާވެދާނެ އެވެ. ބައިވެރިޔާ ގުގުރިދަމާނަމަ އެއީ އަނެއް ބައިވެރިޔާ އަށް ނިދަން އުނދަގޫވާ ކަމަކަށް ވެއެވެ. ބައެއް ފަހަރު އެކަމާ ރުޅި އައިސް މައްސަލަ ވެސް ޖެހެއެވެ. އަނެއްބައި ފަހަރު ނިދީގައި މީހަކު ގުގުރިދަމާ ނަމަ އެއީ މަޖާ ޖޯކަކަށް ހަދައެވެ.
ނަމަވެސް ގާތް މީހަކަށް އާދަޔާ ހިލާފަށް ގުގިރި ދެމޭނަމަ އެއީ ބޮޑު ކަމެއްގެ އަލާމާތަކަށް ވުން އެކަށީގެން ވާކަން ވެސް ދަންނާށެވެ.
ގުގުރި ދެމެން މެދުވެރިވާ ބައެެއް ސަބަބު:
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
