މާލެ: 31°C

ނިއުޒިލޭންޑަށް އެރި ތޫފަނުގައި ފަސް މީހަކު މަރުވެއްޖެ

February 16, 2023
2 ފަހަރު ބަލާފައި
ނިއުޒިލޭންޑަށް އެރި ތޫފަނުގައި ފަސް މީހަކު މަރުވެއްޖެ
ނިއުޒިލޭންޑަށް އެރި ތޫފަނުގައި ފަސް މީހަކު މަރުވެއްޖެ
ނިއުޒީލެންޑަށް އެރި "ގެބްރިއެލް" ތޫފާނާ ގުޅިގެން މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރަށް މައްޗަށް ދިއުމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ފުލުހުން ބުނީ ގިސްބޯން ސަރަހައްދުގައި ފެންބޮޑުވެގެން މީހަކު މަރުވި ކަމަށް ބެލެވޭ ކަމަށެވެ. އިތުރު ހަތަރު މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ގެއްލުނު މީހުންނާ މެދު ފުލުހުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ނިއުސް އެޖެންސީ އޭއެފްޕީން ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުން ނިއުޒީލެންޑުގެ އިރުމަތީ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ތުފާނުގެ ސަބަބުން މަގުތައް ހަލާކުވެ، ގެތައް ވެއްޓި، ކަރަންޓު ވަނީ ކެނޑިފައެވެ. ސަރުކާރުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި އިރުމަތީ ސަރަޙައްދުތަކުން އެކަނިވެސް 9،000 މީހުން ގެދޮރު ގެއްލިފައިވެއެވެ. އެ އަދަދާއެކު ގެދޮރު ގެއްލުނު މީހުންގެ ޖުމްލަ އަދަދު ވަނީ 10،500 އަށް އަރާފައެވެ. މިދިޔަ އާދީއްތަ ދުވަހު ނިއުޒިލޭންޑުގެ އުތުރުގެ އައްސޭރިފަށަށް އެރި މި ތޫފާނާ ގުޅިގެން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވީ އަވަސް މުއްދަތެއްގައި އުމްރާނީ ވަސީލަތްތައް އިއާދަކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ