ނިއުޒިލޭންޑުގެ ރެސްޓޯރެންޓްތަކެއްގައި ކާން ތިބި ބަޔަކަށް ކޯރާޑީއަކުން ހަމަލާދީފި

ނިއުޒިލޭންޑުގެ ރެސްޓޯރެންޓްތަކެއްގައި ކާން ތިބި ބަޔަކަށް ކޯރާޑީއަކުން ހަމަލާދީފި
ލިޔުން:
ނިއުޒީލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޮކްލޭންޑްގައި ހުންނަ ޗައިނާ ތިން ރެސްޓޯރެންޓެއްގައި ކާން ތިބި ހަތަރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުންނާއި މަންޒަރު ދުށް މީހުން ބުނެފިއެވެ.
ހާދިސާގައި ޒަހމްވި ތިން މީހުންގެ ހާލު ސްޓޭބަލް ކަމަށާއި ހަތަރު ވަނަ މީހާ ދޫކޮށްލާފައިވާ ކަމަށް ނޯތު ޝޯ އަދި އޮކްލޭންޑް ހޮސްޕިޓަލްގެ ތަރުޖަމާނު އަންގާރަ ދުވަހު ވަނީ ވިދާޅުވެފައެވެ.
ހަމަލަދާިފައިވަނީ ޖަންގްލިއަންގް މަލަޓަންގް، ޔޫސް ޑަމްޕްލިން ކިޗަން އަދި މާޔާ ހޮޓްޕޮޓަށް ރެސްޓޯރެންޓުގައި ތިބި ކަސްޓަމަރުންނަށެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އުމުރުން 24 އަހަރުގެ ޗައިނާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ވެއިޓެމަޓާ އީސްޓް އޭރިއާ ކޮމާންޑަރު އިންސްޕެކްޓާ ސްޓެފަން ސަގަރް ވަނީ މި ހާދިސާގައި ބައިވެރިވި މީހުންނަށް ކުރިމަތިވި ބިރުވެރިކަން ސިފަވާ ކަމަށް ބުނެފައެވެ. އެ ހަމަލާއަކީ ވަކި ނަސްލަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިއުޒީލެންޑް ހެރަލްޑް ނޫހަށް ދިން އިންޓަވިއުއެއްގައި މަންޒަރު ދުށް މީހަކު ބުނީ އޭނާ ރައްޓެއްސަކާ އެކު ރޭގަނޑުގެ ކެއުމުގައި އުޅެނިކޮށް އެ މީހާ އެތެރެއަށް ވަދެ އޭނާގެ ރަހުމަތްތެރިޔާއަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
"އަހަރެން ހުރީ ހައިރާންވެފައެވެ. ވީގޮތް އެނގުމުން އޭނާ މަސައްކަތް ކުރީ އަހަރެންނަށް ހަމަލާދޭން ކުރަން،" ނަން ހާމަކުރަން ބޭނުންވާ މީހަކު ކިޔައިދިނެވެ.
"އަހަރެން މަސައްކަތްކުރީ އޭނާ އަތުގައި އޮތް ކޯރަނޑީ ހުއްޓުވަން. އޭނާ އުޅުނު އަހަރެން ބޮލަށް ހަމަލާދޭންވެސް"
އެމީހުން ފަހައި އެ މީހާ ދިޔައެވެ. އެއަށް ފަހު އޭނާ ގޮސް ވަނީ އެހެން ރެސްޓޯރެންޓަކަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
