ނޭޕާލުގައި ފެންބޮޑުވެ 28 މީހަކު ގެއްލިއްޖެ

ނޭޕާލުގައި ފެންބޮޑުވެ 28 މީހަކު ގެއްލިއްޖެ
ލިޔުން:
ނޭޕާލްގެ އިރުމަތީ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދެ މީހަކު މަރުވެއްޖެއެވެ.
އެ ހާދިސާގައި 28 މީހަކު ވަނީ ގެއްލިފައެވެ. ނިއުސް އެޖެންސީ އޭއެފްޕީއާ ހަވާލާދީ އެ ގައުމުގެ އޮފިޝަލަކު ވިދާޅުވީ ސަންހުވަސަބާ ޑިސްޓްރިކްޓްގެ ހެވާ ކޯރުގައި ހަދަމުން އަންނަ ހައިޑްރޯ ޕަވާ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި އިތުރު 17 މުވައްޒަފަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.
ތަޕްލެޖަންގް ޑިސްޓްރިކްޓްގައި އިތުރު މީހަކު މަރުވެފައިވާއިރު އެއް އާއިލާއެއްގެ ތިން މީހަކު ވަނީ ގެއްލިފައެވެ. ނޭޕާލް ފުލުހުން ބުނީ ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ފުލުހުން ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތައް އިތުރުކޮށްފައެވެ.
މަގުތަކަށާއި ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ސަލާމަތްކުރާ ފަރާތްތަކަށް ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ސަންހުވަސަބާގެ އެސިސްޓެންޓް ޗީފް ޑިސްޓްރިކްޓް އޮފިސަރު މޯހަންމަނީ ގިމިރޭ ވިދާޅުވި އެވެ. އަދި ހައިޑްރޯޕަވާ މަޝްރޫއުގެ މެޝިނަރީތަކާއި އިކުއިޕްމަންޓްތައް ފުނޑުފުނޑުވެ، ގެތަކަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވިއްސާރަ އެތައް ދުވަހެއް ވަންދެން ދެމިއޮންނާނެ ކަމަށް ލަފާކޮށް، ކޯރުތަކުގެ ފެންބޮޑުވުމާ ގުޅިގެން މޫސުމާ ބެހޭ ފަރާތްތަކުން ވަނީ އެލާޓް ނެރެފައެވެ.ޖޫން އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނޭޕާލަށް ބޯކޮށް ވާރޭވެހެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
