މިއަންމާގެ އިސްވެރިންނާ ދެކޮޅަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
މިއަންމާގެ އިސްވެރިންނާ ދެކޮޅަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
ލިޔުން:
އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ކުށުގައި މިޔަންމާގެ އަސްކަރީއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތިކުރުމުގެ ހަ ފިޔަވަޅެއް އެޅުމަށް ނިންމައިފިއެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިޔަންމާގެ ހަމަނުޖެހުންތައް އިތުރުވެ، އިންސާނީ ހައްގުތަކާ ހިލާފު ބޮޑެތި އަމަލުތަކާއި ސުލްހައާއި ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވަމުންދާތީ ނުވަ މީހަކާއި ހަތް ފަރާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އީޔޫގެ ހާރިޖީ ވަޒީރުން ފާސްކޮށްފައިވާ ކަމަށެވެ.
ޖިންސީ އަނިޔާއާއި، ދީނީ މައިނޯރިޓީއަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ގޮތުން ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް އީޔޫއިން ބުންޏެވެ.
ބްލެކްލިސްޓުކުރި މީހުންގެ ތެރޭގައި މިއަންމާގެ އެނާޖީ މިނިސްޓަރު، މަޝްހޫރު ވިޔަފާރިވެރިންނާއި އަސްކަރިއްޔާގެ އިސް އޮފިސަރުން ހިމެނެއެވެ. އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުންނަށް ދަތުރުފަތުރު ކުރުން މަނާކުރުމާއި އެސެޓް ފްރީޒްކުރުން ހިމެނެއެވެ.
މި ފިޔަވަޅުތަކުގެ އިތުރުން ހަތިޔާރާއި އަސްކަރީ އާލާތްތައް މަނާކުރުމާއި، މުދާ އެކްސްޕޯޓް ކުރުމަށް ވެސް ވަނީ ދަތިިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
މިއަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ވެރިކަމާއި ހަވާލުވީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ވެރިކަން އަތުލީ 2020 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި މަކަރާއި ހީލަތް ހެދުމުގެ އިތުރުން އެ ގައުމުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
