މިޔަންމާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި 50 މީހުން މަރާލައިފި

މިޔަންމާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި 50 މީހުން މަރާލައިފި
ލިޔުން:
މިޔަންމާގެ މެދުތެރޭ ސާގިން ސަރަހައްދުގެ ކޮމިއުނިޓީ ހޯލަކަށް ވައިގެ ހަމަލާއެއް ދިން ކަމަށް އެގައުމުގެ އަސްކަރިއްޔާއިން އިއުތިރާފުވެއްޖެއެވެ.
އެ ހަމަލާގެ ސަބަބުން ޕާޒީގި އަވަށުގައި އަސްކަރިއްޔާގެ ވެރިކަމާ ދެކޮޅު ކަމަށް ތުހުމަތު ކުރެވޭ "މިލިޝިއާ" ގްރޫޕެއްގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަށަމުން ދިޔަ އަންހެނުންނާއި ސްކޫލް ކުދިން ހިމެނޭ ގޮތަށް 50 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަސްކަރިއްޔާގެ ތަރުޖަމާނު ޒައު މިން ތޫން ވަނީ، އަންގާރަ ދުވަހު އެ ހަމަލާ ދިންކަން ކަށަވަރުކޮށްދީފައެވެ.
އަސްކަރިއްޔާގެ ތަރުޖަމާނު ޒައު މިން ޓޫން އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ މަރުވި ބައެއް މީހުންނަކީ ޔުނިފޯމް އަޅައިގެން ތިބި ބަގްަވާތާ ދެކޮޅު ހަނގުރާމަވެރިން ކަމަށާއި ނަމަވެސް މަރުވި މީހުންގެ ތެރޭގައި އާންމުން ވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން މަރުވި މައިންތައް އިންދުމުގެ ޒިންމާ އޭނާ ވަނީ ޕީޕަލްސް ޑިފެންސް ފޯސަސް (ޕީޑީއެފް) ގެ ނަމުން ނަން ދީފައިވާ ލަޝްކަރުތަކަށް އަޅުވާފައެވެ.
މަންޒަރު ދުށް މީހުންނާއި އެގައުމުގެ މީޑިއާތަކުން ބުނި ގޮތުގައި މި ހަމަލާ ދީފައި ވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ކޮމިއުނިޓީ ހޯލަށް ބޮން އެޅުމުންނެވެ. އޭގެ ފަހުން ހެލިކޮޕްޓަރު ގަންޝިޕްތައް އައިސް ސަލާމަތްވި މީހުންނާ ދިމާލަށް ބަޑީގެ ހަމަލާތައް ދީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސް އެޅިއެވެ.
އެސަރަހައްދުގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޔޫ ނޭ ޒިން ލަޓް ވިދާޅުވީ ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު މަރުވެފައިވާ ކަމަށާއި މަރުވި މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އަންގާރަ ދުވަހު ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައެވެ. އަދި ޒަހަމްވި މީހުންނަށް އަވަސް ފަރުވާ ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޮލްކާ ތުރުކް ވަނީ އެ ހަމަލާއާ ގުޅިގެން ބިރުވެރިކަން ފާޅުކުރައްވައި އާންމުންގެ ރައްކާތެރިކަން ލާޒިމްކުރާ ބައިނަލްއަގްވާމީ ގާނޫނުތަކަށް އަސްކަރިއްޔާއިން އިހުމާލުވެފައިވާތީ އެކަން ކުށްވެރިކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
