މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ 112 މީހަކު ޖަލަށްލައިފި

މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ 112 މީހަކު ޖަލަށްލައިފި
ލިޔުން:
ގައުމު ދޫކޮށް ފިލަން އުޅުނު ރޮހިންޔާ ދަރިކޮޅުގެ 12 ކުޑަކުދިންނާއެކު 112 މީހަކު މިޔަންމާ ޖަލަށްލައިފިއެވެ.
މިޔަންމާގެ ދެކުނުގެ އަޔެޔަރްވާޑީ ސަރަހައްދުގެ ބޯގަލޭގެ ކޯޓަކުން އެ މީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު ކަމަށް މިޔަންމާގެ ސަރުކާރުގެ ނޫހެއް ކަމަށްވާ ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާއިން އަންގާރަ ދުވަހު އެގައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ރޮހިންޔާ މީހުން ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހު މޮޓޯ ބޯޓަކުން ފުރަން އުޅެނިކޮށެވެ. އެމީހުން އަތުގައި ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް ރިޕޯޓްކޮށްފައިވެއެވެ. ޖަލަށްލި 12 ކުދިންގެ ތެރޭގައި 13 އަހަރުން ދަށުގެ ފަސް ކުއްޖަކު ހިމެނެއެވެ. އެ ކުދިން ޖަލަށް ހުކުމް ކޮށްފައިވަނީ ދެ އަހަރަށެވެ. އަދި ދޮށީ އުމުރުގެ ކުދިން ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އެ ކުދިން "ޔޫތު ޓްރެއިނިން ސްކޫލަކަށް" ބަދަލުކުރީ މިދިޔަ ހޯމަ ދުވަހުއެވެ. ބޮޑެތި އެންމެން ފަސް އަހަރަށް ޖަލަށް ވަނީ ލާފައެވެ. އަދި ބޮޑެތި އެންމެން ވެސް ފަސް އަހަރަށް ޖަލަށް ލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ބުޑިސްޓުންގެ އަގުލަބިއްޔަތު އޮންނަ މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ވަނީ ރަށްވެހިކަމާއި އެހެނިހެން އަސާސީ ހައްގުތަކުން މަހުރޫމްވެފައިވާ މީހުންނެވެ. ސަބަބެއް ކަމަށް ބުނަނީ އެ މީހުންނަކީ ދެކުނު އޭޝިއާއިން ގަވާއިދާ ހިލާފަށް މިޔަންމާއަށް ހިޖުރަކުރި މީހުންނަށް ވާތީއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ގަތުލުއާމަށް ފަހު އެތައް ހާސް ބަޔަކު ވަނީ 2017 ވަނަ އަހަރު އެ ގައުމު ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައެވެ. މިޔަންމާގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ ގިނަ މީހުން ތިބީ އެމީހުންގެ ދަތުރުފަތުރުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެމީހުން ތިބީ ވަޒީފާ އަދާކުރުމަށާއި ކިޔެވުމުގެ ގާބިލުކަމަށް ނުވަތަ ބޭސްފަރުވާގެ އެހީތެރިކަން ހޯދުމުގެ ގާބިލުކަމަށް ހުރަސް އެޅޭ ކޭމްޕްތަކުގައެވެ.
ރޮހިންޔާ މީހުން ދަނީ ކަނޑުމަގު ހުރަސްކޮށް މުސްލިމު ގައުމުތައް ކަމަށްވާ މެލޭޝިޔާގެ އިތުރުން އިންޑޮނޭޝިޔާއަށް ދަތުރުކުރަމުންނެވެ. އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު ވިދާޅުވީ 2021 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު މިފަދަ ދަތުރުތައް ކުރާ ރޮހިންޖާ މީހުންގެ އަދަދު ހަ ގުނަ އިތުރުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
