މާލެ: 31°C

މުސްލިމުންާ ދެކޮޅަށް ހިންގާ ޖަރީމާ ދައްކުވައިދޭ ޑޮކިއުމެންޓްރީ އެޅުވުން އިންޑިއާގައި މަނާކޮށްފި

June 17, 2023
2 ފަހަރު ބަލާފައި
މުސްލިމުންާ ދެކޮޅަށް ހިންގާ ޖަރީމާ ދައްކުވައިދޭ ޑޮކިއުމެންޓްރީ އެޅުވުން އިންޑިއާގައި މަނާކޮށްފި
މުސްލިމުންާ ދެކޮޅަށް ހިންގާ ޖަރީމާ ދައްކުވައިދޭ ޑޮކިއުމެންޓްރީ އެޅުވުން އިންޑިއާގައި މަނާކޮށްފި
އިންޑިއާގެ ހިންދޫ ސުޕްރެމިސްޓް ޖަމާއަތްތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ ޖަރީމާތަކާ ގުޅޭ ތަހުގީގީ ޑޮކިއުމެންޓްރީއެއް ބްރޯޑްކާސްޓް ކުރުން މަނާކޮށް އަލްޖަޒީރާއާ ދެކޮޅަށް އިންޑިއާގެ ކޯޓަކުން އަމުރެއް ނެރެފިއެވެ. ޑޮކިއުމެންޓްރީ ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ އިތުރަށް ބަލަންދެން ޓެލެކާސްޓް ކުރުން ފަސްކުރަން ކޯޓުން ވަނީ ނިންމައިފައެވެ. ޑޮކިއުމެންޓަރީގެ މައްސަލާގައިި ކޯޓަށް ޕެޓިޝަން ހުށަހެޅި ސުދީރު ކުމާރު ބުނީ ޑޮކިއުމެންޓަރީގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމަށް ބުރޫ އަރާ، އިންޑިއާގެ އެއްބައިވަންތަކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ރިވިއުކޮށް، ހުއްދަ ދީގެން ނޫނީ ސޯޝަލް މީޑިއާގައި ފިލްމު ބްރޯޑްކާސްޓް ކުރުން ނުވަތަ ޕްރޮމޯޓް ކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޯޓުން ވަނީ އިންޑިއާ ސަރުކާރަށް އަންގާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ދެން ތާވަލުކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހަށެވެ. "އިންޑިއާ... ހޫ ލިޓް ދަ ފިއުޒް؟"، މި ޑޮކިއުމެންޓްރީ އަކީ އަލްޖަޒީރާގެ ޕޮއިންޓް ބްލޭންކް އިންވެސްޓިގޭޝަން ސީރީޒްގެ ތެރޭގައި ހިމެނޭ ޑޮކިއުމެންޓްރީއެކެވެ. އެއީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާ ފިކުރީ ގޮތުން ގުޅިފައިވާ ރާޝްޓްރިއާ ސްވެއިމްސެވަކް ސަންގް (އާރްއެސްއެސް) ފަދަ ހިންދޫ ސުޕްރެމެސިސްޓް ޖަމާއަތްތަކުގެ ހަރަކާތްތަކަށް އަލިއަޅުވާލާފައިވާ ޑޮކިއުމެންޓްރީއެކެވެ. 1925 ވަނަ އަހަރު އުފެދުނު އާރްއެސްއެސްއަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މެންބަރުން ތިބި ޖަމާއަތެކެވެ. އެ ޖަމާއަތުގެ އަމާޒަކީ ދުސްތޫރީ ގޮތުން ސެކިއުލާ އިންޑިއާގައި ހިންދޫ ނަސްލުގެ ދައުލަތެއް ގާއިމުކުރުމެވެ. އިނގިރޭސީންގެ ވެރިކަމާ ދެކޮޅަށް އިންޑިއާގެ މިނިވަންކަމުގެ ހަރަކާތުގެ ލީޑަރު މަހާތުމާ ގާންދީ އަވަހާރަކޮށްލުމާ ގުޅިގެން 1948 ވަނަ އަހަރު  ކުޑަ ވަގުތުކޮޅަކަށް އެ ޖަމާއަތުގެ ހަރަކާތްތައް މަނާކުރިއެވެ. އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި އިންޑިއާގެ އަސްކަރިއްޔާގެ މީހުން ބަލަހައްޓާ ކަމަށް ތުހުމަތު ކުރެވޭ އާރްއެސްއެސް ކޭމްޕްތަކުގައި ތަމްރީނު ހޯދި މީހެއްގެ އިންޓަވިއު ހިމަނާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ