މާލެ: 31°C

ނިއުޒިލެންޑްގެ ފަރުބަދައެއް އިންސާނެއްކަމަށް ކަނޑައަޅައިފި

February 3, 2025
1664 ފަހަރު ބަލާފައި
ނިއުޒިލެންޑްގެ ފަރުބަދައެއް އިންސާނެއްކަމަށް ކަނޑައަޅައިފި
ނިއުޒިލެންޑްގެ މައުންޓް ޓަރަނަކީ އަކީ އިންސާނެއް ކަމަށް ބަލައިގަނެ އެގައުމުގެ ޤާނުނުތަކުން އިންސާނުންނަށް ލިބިދޭ ހުރިހާ ހައްގުތަކާއި ޒިންމާތަށް އެ ފަރުބަދައަށް ލިބިގެންވާ ކަމަށް ނިއުޒިލަންޑުން ކަނޑައަޅައިފިއެވެ.

ނިއުޒިލެންޑްގެ މައުންޓް ޓަރަނަކީ އަކީ އިންސާނެއް ކަމަށް ބަލައިގަނެ އެގައުމުގެ ޤާނުނުތަކުން އިންސާނުންނަށް ލިބިދޭ ހުރިހާ ހައްގުތަކާއި ޒިންމާތަށް އެ ފަރުބަދައަށް ލިބިގެންވާ ކަމަށް ނިއުޒިލެންޑުން ކަނޑައަޅައިފިއެވެ.

ނިއުޒިލެންޑްގެ ސަރުކާރުން އެގޮތަށް ގާނޫނުގައި ކަނޑައަޅާފައިވަނީ މައުންޓް ޓަރަނަކީ އަކީ އެގައުމުގައި ދިރިއުޅޭ މައޮރީ ދަރިކޮޅުގެ މީހުންގެ ކާބަޕައިންގެ ގޮތުގައި ދެކެމުންއަން ފަރުބަދައަކަށްވާތީ، ނިއުޒިލެންޑް ގެ ސަރުކާރާ މައޮރީ ދަރިކޮޅުގެ މީހުންނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައެވެ.

އެހެންކަމުން ނިއުޒިލެންޑްގެ ގާނޫނުގައި ބުނެފައިވާ ގޮތުން މިހާރު އެފަރުބަދައިގެ ނަމަކީ "ތެކަހުއި ޓްޕާއޮ" އެވެ. ނިއުޒިލެންޓްގެ ސަރުކާރުން ބުނެފައިވަނީ އެ ފަރުބަދައަށް އިންސާނެއްގެ ދަރަޖަ ދިނުމުގެ މަގުސަދުތަކުގެ ތެރޭގައި އެ ފަރުބަދައާއި ފަރުބަދައިގެ ވަށައިގެންވާ ސަރަޙައްދު ޚިމާޔަތްކުރުމާއި، އެގައުމުގެ މައޮރީ ދަރިކޮޅުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުން ހިމެނޭ ކަމަށެވެ.

މިގޮތުން ގާނުނުގައިވަނީ މައުންޓް ޓަރަނަކީ ގެ ބެލެނިވެރިން ވެސ ކަނޑައަޅާފައެވެ. އެގޮތުން މައުންޓް ޓަރަނަކީ ގެ ބެލެނިވެރިންގެ ގޮތުގައި ޤާނޫނުގައި ކަނޑައަލާފައިވަނީ ނިއުޒިލެންޓް ސަރުކާރުން ކަނޑައަޅާ މީހަކާއި މައޮރީ ދަރިކޮޅުގެ ފަރާތުން ކަނޑައަޅާ ފަރާތެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ