މަންކީ ޕޮކްސްގެ ކުއްލި ހާލަތު އުވާލައިފި

މަންކީ ޕޮކްސްގެ ކުއްލި ހާލަތު އުވާލައިފި
ލިޔުން:
100 އަށް ވުރެ ގިނަ ގައުމުން ފެތުރެން ފެށި ވައިރަލް ބައްޔެއް ކަމަށްވާ މަންކީޕޮކްސް (އެމްޕޮކްސް) ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 10 މަސް ދުވަސް ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އުވާލައިފިއެވެ.
މަންކީޕޮކްސް އަކީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ބަލީގެ ކުއްލި ހާލަތު ނިމުމަކަށް ގެނެވުނުކަން އިއުލާނު ކުރެއްވީ އެ ޖަމިއްޔާގެ އިމަޖެންސީ ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ.
ޓެޑްރޯސް ވިދާޅުވީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އެމްޕޮކްސް ކޭސްތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އޭގެ ކުރީ ތިން މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 90 ޕަސެންޓް ކޭސް މަދު ކަމަށެވެ. ނަމަވެސް އެފްރިކާގެ އެކި ސަރަހައްދުތަކުގައި ބަލީގެ ނުރައްކާ ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީ އޮން އެމްޕޮކްސްގެ ވައިސް ޗެއާ ނިކޮލާ ލޯ ވިދާޅުވީ ހަމައެކަނި އިމަޖެންސީ ފިޔަވަޅުތަކަށް ބަރޯސާވުމުގެ ބަދަލުގައި އެމްޕޮކްސްއާ ގުޅިފައިވާ ދިގު މުއްދަތުގެ އާންމު ސިއްހަތުގެ ނުރައްކާތައް މެނޭޖް ކުރުމަށް އިސްކަންދޭ ސްޓްރެޓެޖީއަކަށް ބަދަލުވާން ޖެހޭ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން މިއަހަރުގެ މެއި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މުޅި ދުނިޔޭގައި 87،000 އަށް ވުރެ ގިނަ އެމްޕޮކްސް ކޭސް ވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
