މާލެ: 31°C

ރާމާ މަކުނު އެކްސްޕޯޓް ކުރުމާއި ދެކޮޅަށް ލަންކާގައި މުޒާހަރާކޮށްފި

April 24, 2023
2 ފަހަރު ބަލާފައި
ރާމާ މަކުނު އެކްސްޕޯޓް ކުރުމާއި ދެކޮޅަށް ލަންކާގައި މުޒާހަރާކޮށްފި
ރާމާ މަކުނު އެކްސްޕޯޓް ކުރުމާއި ދެކޮޅަށް ލަންކާގައި މުޒާހަރާކޮށްފި
ސްރީލަންކާއިން، ނުރައްކަލަށް ހުށަހެޅިފައިވާ ރާމާ މަކުނުގެ ބާވަތެއް ކަމަށްވާ "ޓޮކް މަކަކު" ޗައިނާއަށް އެކްސްޕޯޓް ކުރަން ނިންމުމާއި ގުޅިގެން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑުއުފުލައިފިއެވެ.  ލަންކާއިން ވަނީ އެ ބާވަތަކުގެ އެއް ލައްކަ ރާމާ މަކުނު ޗައިނާއަށް ދޭން ނިންމާފައެވެ. މި ބާވަތުގެ ރާމާ މަކުނަކީ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ  ނުރައްކަލަށް ހުށަހެޅިފައިވާ ޖަނަވާރުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބާވަތެކެވެ. ނަމަވެސް މިއީ ސްރީލަންކާގައި ހިމާޔަތްކޮށްފައިވާ ބާވަތެއް ނޫން ކަމުން ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާގެ ޒޫތަކުގައި އެއް ލައްކަ ރާމާ މަކުނުގެ ގެންގުޅުމުގެ ގާބިލްކަން ހުރި ކަމަށް އެ ފަރާތްތަކިން ގަބޫލެއް ނުކުރެއެވެ. ޓޯކް މަކަކު ހޯދުމަށް އެދުނީ ޗައިނާގެ ކުންފުންޏަކީ ޒެޖިއާންގް ވޫޔޫ އެނިމަލް ބްރީޑިން ކޮމްޕެނީ ލިމިޓެޑްއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވޮއިސް އޮފް އެމެރިކާއިން ރިޕޯޓުކޮށްފައިވެއެވެ. ލަންކާގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ޖަނަވާރު އެތެރެކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ އިދާރާއަށް އެކަމުގެ މައުލޫމާތެއް ލިބފައި ނުވާ ކަމަށާއި، އެއްވެސް ފަރާތަކުން އެޕްލިކޭޝަނެއް ލިބިފައި ނުވާ ކަމަށެވެ. އެމްބަސީން އިތުރަށް ބުނީ ޗައިނާއަކީ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ ގާނޫނަށް އަމަލުކުރަމުން އަންނަ ގައުމެއް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ