މާލެ: 31°C

އާއަހަރާ ދިމާކޮށް ރަޝިޔާއިން ފޮނުވާލި މިސައިލް ހަމަލާތަކަށް ޔޫކްރެއިންއިން މައާފެއް ނުކުރާނެ: ޒެލެންސްކީ

January 1, 2023
2 ފަހަރު ބަލާފައި
އާއަހަރާ ދިމާކޮށް ރަޝިޔާއިން ފޮނުވާލި މިސައިލް ހަމަލާތަކަށް ޔޫކްރެއިންއިން މައާފެއް ނުކުރާނެ: ޒެލެންސްކީ
އާއަހަރާ ދިމާކޮށް ރަޝިޔާއިން ފޮނުވާލި މިސައިލް ހަމަލާތަކަށް ޔޫކްރެއިންއިން މައާފެއް ނުކުރާނެ: ޒެލެންސްކީ
އާ އަހަރާ ދިމާކޮށް ވެރިރަށް ކިއެވް ހިމެނޭ ގޮތަށް ޔޫކްރޭނަށް އަމާޒުކޮށް ރަޝިޔާއިން 20 ކްރޫޒް މިސައިލް ފޮނުވާލި ފޮނުވާލުމަށް މައާފުނުކުރާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.  ރަޝިއާއިން މިދިޔަ ހޮނިހިރު ދުވަހު ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ. އެ ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ރަޝިޔާއިން މިހާތަނަށް ޔޫކްރޭނަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ. "އާ އަހަރާ ދިމާކޮށް މިސައިލް ހަމަލާތަކުގެ ރާޅެއް. ރައްޔިތުންނަށް އަމާޒުކޮށް މިސައިލް... ދުނިޔޭގެ އެއްވެސް ބަޔަކު އެކަމަށް މައާފެއް ނުކުރާ. ޔޫކްރެއިން އިން މާފެއް (ރަޝިޔާ) ނުކުރާނެ،" ސޯޝަލް މީޑިއާގައި ޒެލެންސްކީ ވިދާޅުވިއެވެ. ޒެލެންސްކީ ވިދާޅުވީ އީސްޓާ އާއި ކްރިސްމަސްގައި ވެސް ރަޝިޔާއިން ހަމަލާތައް ދިން ކަމަށެވެ. "އެމީހުން އަމިއްލަ ނަފްސަށް ކިޔަނީ ކްރިސްޓިއަނުން... އެހެނެއްކަމަކު، އެ މީހުން ތިބީ ޝައިތާނާއާއެކު" އޭނާ ވިދާޅުވިއެވެ. ރަޝިއާގެ މުސްތަގުބަލް ހަލާކުކުރައްވަމުން ގެންދަވަނީ ރައީސް ލަޑިމިއާ ޕޫޓިން ކަމަށް ޔޫކްރޭންގެ ރައީސް ވިދާޅުވިއެވެ. ކިއޭވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ވެރިރަށުގައި ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި އެކަކު މަރުވެ 20 މީހުން ޒަހަމްވެފައިވާ ކަމަށެވެ. މޭޔަރު ވިދާޅުވީ ޒަހަމްވި މީހުންގެ ތެރެއިން އެކަކީ ހޮސްޕިޓަލަށް ގެންދިޔަ ޖަޕާނުގެ ނޫސްވެރިއެއް ކަމަށެވެ. ހަމަލާގައި ކިއެވްގެ ސިޓީ ސެންޓަރުގެ ދެކުނުގައި ހުރި ހޮޓަލަކަށް ގެއްލުންވެ، އެހެން ޑިސްޓްރިކްޓެއްގައި މީހުން ދިރިއުޅޭ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސިޓީގެ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ. އިންފްރާސްޓްރަކްޗާއަށް އަމާޒުކުރާ ކަމަށް ރަޝިޔާއިން ބުނި ނަމަވެސް ޔޫކްރެއިންގެ އޮފިޝަލުން ބުނަނީ އެންމެ ފަހުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ އާންމުންނަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ