މިސްކިތް ގޮއްވާލީ ބަދަލުހިފުމުގެ ގޮތުން

މިސްކިތް ގޮއްވާލީ ބަދަލުހިފުމުގެ ގޮތުން
ލިޔުން:
ޕާކިސްތާނުގެ ފުލުހުންގެ މައި މަރުކަޒުގެ ތެރޭގައި ހުރި މިސްކިތެއްގައި ދިން ބޮމުގެ ހަމަލާއަކީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ފުލުހުންގެ އިސްވެރިއަކު ވިދާޅުވެއްޖެއެވެ.
ބޮން ގޮއްވާލީ ޕިޝާވަރުގައި ހުންނަ އެ މިސްކިތަށް ހޯމަ ދުވަހު މެންދުރު ނަމާދަށް 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ ފުލުހުން ޖަމާވެފައި ތިއްބާއެވެ.
"ހަނގުރާމަ ވެރިންނަށް ދެކޮޅަށް މަސައްކަތްކުރަތީވެ، އެހެންވެ އެ މީހުންގެ ހަމަލާ އަހަރުމެންނަށް އަމާޒުކުރީ" ސިޓީގެ ޕޮލިސް ޗީފް މުހައްމަދު އިޖާޒް ހާން އޭއެފްޕީއަށް ވިދާޅުވިއެވެ. ހަމަލާގެ ބޭނުމަކީ ފުލުހުންގެ ހިތްވަރު ބަލިކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޕިޝާވަރު ކައިރީގައި ވާ ސަރަހައްދުތަކުގައި 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން ކާބުލްގެ ކޮންޓްރޯލް އަތުލި ފަހުން، ސަލާމަތީ ޗެކްޕޮއިންޓްތަކަށް އަމާޒުކޮށް ހިންގާ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.
މި ހަމަލާތަކުގެ ޒިންމާ އެންމެ ފުރަތަމަ އުފުލާފައިވަނީ ޕާކިސްތާނުގެ ތާލިބާނުންގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޕާކިސްތާނުގެ ގޮފިންނެވެ.
ހައިބަރު ޕަހްތޫންހުވާ ޕްރޮވިންސްގެ ޕޮލިސް ފޯސްގެ ވެރިޔާ މުއައްޒާމް ޖާހް އަންސާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮންގޮއްވާލައިގެން އަމިއްލައަށް މަރުވި މީހަކު މިސްކިތަށް ވަދެފައިވަނީ 10-12 ކިލޯގްރާމް ގެ ގޮވާޒާތުގެ ތަކެތި ހިފައިގެން ކަމަށެވެ.
ހަމަލާގެ ފަހަތުގައި ޕާކިސްތާނުގެ ތާލިބާނުންނާ ގުޅުން ހުރި ހަނގުރާމަވެރި ޖަމާއަތެއް އޮވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދާހިލީ ވަޒީރު ރަނާ ސަނައުﷲ ޕާކިސްތާނުގެ ގައުމީ މަޖިލީހުގައި ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި 97 ފުލުހަކާއި އާންމުންގެ ތިން މީހުން ހިމެނޭ ކަމަށާއި 27 މީހެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.
އެ ސިޓީގެ އެންމެ ހަރުކަށި ކޮށް ކޮންޓްރޯލް ކުރާ އެއް ސަރަހައްދާއި ހައުސިން އިންޓެލިޖެންސާއި ކައުންޓާ ޓެރަރިޒަމް ބިއުރޯތަކާއި ރީޖަނަލް ސެކްރެޓޭރިއޭޓްގެ ކައިރީގައި ސެކިއުރިޓީ ފޫއަޅުވާލި ގޮތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
