މިހާރު ފެތުރޭ ހުރިހާ ރޯގާއަކާ ދެކޮޅަށް އެއް ވެކްސިން!

މިހާރު ފެތުރޭ ހުރިހާ ރޯގާއަކާ ދެކޮޅަށް އެއް ވެކްސިން!
ލިޔުން:
މިހައިތަނަށް ދެނެގަނެވިފައިވާ 20 ބާވަތުގެ ރޯގާ (ފްލް) އަކާ ދެކޮޅަށް ބޭނުންކުރެވިދާނެ ވެކްސިނެއް އުފެއްދުމުގައި ކާމިޔާބު ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
އެމެރިކާގެ ދަ ޖާނަލް އޮފް ސައިންސް ގައި ޝާއިއުކުރި ދިރާސާ ރިޕޯޓްގައިވާ ގޮތުން އެ ކާމިޔާބު ވެކްސިންގައި ވެސް ބޭނުންކޮޮށްފައި ވަނީ ކޮވިޑް-19 އަށް އުފެއްދި ވެކްސިންގައި ވެސް ބޭނުންކޮށްފައިވާ މައިގަނޑު މާއްދާ ކަމަށްވާ ރިބޮނިއުކްލެއިކް އެސިޑް (އެމްއާރްއެންއޭ) އެވެ. ރޯގާ ޖައްސާ ވައިރަސް ތަކަކީ އަބަދުވެސް ބަދަލުވަމުން (މިއުޓޭޓްވަމުންދާ) ވައިރަސްތަކެވެ. އާ ވެކްސިނަކީ ކުރުމުއްދަތުގައި އަންނަ އެފަދަ ބަދަލުތަކަށް ފަހު ވެސް އެ ވައިރަސްތަކުން މީހުން ދިފާއުކޮށްދޭ ފަދަ ވެކްސިނެއް ކަމަށް ރިސާޗަރުންނާ ހަވާލާދީ ދަ ޖާނަލް އޮފް ސައިންސް އިން ބުންޏެވެ.
އެހެން ނަަމަވެސް އަލަށް އުފެދޭ ބަލިމަޑުކަމަކުން ދިފާއުވާން އެ ވެކްސިނުގެ ބޭނުމެއް ނުހިފޭނެ އެވެ.
މީދަލާއި ފެރެޓް ބޭނުންކޮށްގެން ކުރި ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުނ،ް އާ ވެކްސިން ދިނުމާ އެކު ހަށިގަނޑުގައި ގިނަ އަދަދަކަށް އެންޓިބޮޑީސް އުފެެދެ އެވެ. އަދި އެގޮތުން އުފެދޭ އެންޓިބޮޑީސް އަކީ ފުޅާ ދާއިރާއެއްގައި ގިނަ ބާވަތްތަކެއްގެ ޖަރާސީމާ ހަނގުރާމަކުރާ އެންޓިބޮޑީ ތަކެކެވެ. އެ ވެކްސިނުގައި އެންޓިންޖެންޓްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އިންފްލުއެންޒާގެ ބާވަތްތަކުގެ ތެެރެއިން މިހައިތަނަށް ދެނެގަނެވިފައިވާ 20 ބާވަތުގެ ވައިރަހުގެ، ރައްކާތެރި މިންވަރުގެ ކޮޕީތަކެވެ. އަދި އެއީ އެ ވައިިރަސްތަކާ ދެކޮޅަށް މަސައްކަތްކުރަން މީހުންގެ ދިފާއީ ނިޒާމު ހޭނުވުމުގެ ގާބިލުކަން ލިބިފައިވާ ކޮޕީތަކެކެވެ.
"އަސްލުގައި މި ވެކްސިނުން މިވާ ކަމަކީ ތަފާތު ގިނަ ބާވަތްތަކުގެ ފްލޫއާ ދެކޮޅަށް މަސައްކަތްކުރަން ބޭސްލައިން ލެވެލްގެ ދިފާއެއް މީހުންގެ ހަށިގަނޑުގައި އުފެއްދުން،" ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ސްކޮޓް ހެންސްކީ ބީބީސީއަށް ވިދާޅުވެފައި ވެ އެވެ.
އޭނާއަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގައި މަސައްކަތްކުރައްވާ ސައިންސްވެރިއެކެވެ.
ޑރ.ހެންސްލީ ލަފާކުރައްވާ ގޮތައި އަލަށް އުފެއްދި ވެކްސިން ދިނުމުން، އަލަށް އުފެދޭ ވައިރަސްތަކާ ދެކޮަޅަށް ވެސް ކޮންމެވެސް ވަރަކަށް މަަސައްކަތްކުރުމުގެ ބާރު، ހަށިގަނޑުގެ ދިޗފާއީ ނިޒާމަށް ލިބޭނެ އެވެ. އަދި އެ ވެކްސިން ގިނަ ބަޔަކަށް ދީފި ނަމަ، ދެން އަންނަ ބޮޑު ބަލިމަޑުކަމެއްގައި މީހުން މަރުވާ އަދަދު ދަށްކުރެވޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
