މިހާރު ދެން "ލާ-ދީނީ" ޓެގު އޮތީ ކޮންތާކު؟

މިހާރު ދެން "ލާ-ދީނީ" ޓެގު އޮތީ ކޮންތާކު؟
ލިޔުން:
މީގެ ވިއްސަކަށް އަހަރު ކުރިއަށް ނަޒަރު ހިންގާލާއިރު އޭރުގެ ސަރުކާރަށް ތާއިދު ކުރާފަރާތްތޔަކުން، އޭރު ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވިގެންދިޔަ މަސައްކަތައް ދީފައިވާ ނަމަކީ ނުވަތަތަ އަޅުވާފައިވާ ޓެގަކީ "ލާ-ދީނީ" އެވެ. އެޙަރަތާކާތުގެ ޕްރެޝަރަށް އޭރުގެ ސަރުކާރުން ދޫދެއްވައި މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ދީލާލުމާއެކު ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ ގެ ގޮތުގައި އެޙަރަކާތް "ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ" (އެމް.ޑީ.ޕީ) ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނެވެ.
އަދި ހަމަ އެއާއެކު އޭރުގަ ހިނގަމުންއައި ސަރުކާރުގައި ތިއްބެވި ބޭފުޅުންވެސް "ދިވެހި ރައްޔިތުންގެ ޕާޓީ" (ޑީ.އާރ.ޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރިއެވެ. އޭގެ އިތުން އޭރު އިސްލާހީ ޙަރަކާތުގައި ބައިވެރިވި ބައެއް އިސްފަރާތްތަކުން އެހެނިހެން ނަންނަމުގައިވެސް ސިޔާސީ ޕާޓީ ތައް ރަޖިސްޓަރީކުރިއެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ލާދީނީ ޓެގް ވާރުތަކުރީ "އެމް.ޑީ.ޕީ" އަށްކަމުގައެވެ.
މިހާތަނަށް ރާއްޖޭގެ ސިޔާސީ މަޝްރަހުން ފާހަގަކުރެވޭ އެއްމެ ބޮޑު އެއް ހަގީގަތަކީ އެމްޑީޕީ ފިޔަވައި ދެން އުފެދިފައިވާ ޕާޓީތައް އުފެދިފައިވާ މަގްސަދާއި ސިޔާސަތު ސާފު ނުވާކަމެވެ. މީ އަޅުގަނޑުގެ ޙިޔާލެވެ، އެމްޑީޕި ފިޔަވައި ދެން އުފެދިފައިވާ ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން އެކި އެކި ޕޯޑިއަމްތަކުގައި ދައްކަވާ ގިނަވާހަކަތަކުން ދޭހަވަނީ އެ ޕާޓީ ތަކުގެ ސިޔާސަތަކީ އެމް.ޑީ.ޕީ އާއި ދެކޮޅު ސިޔާތު ކަމުގައެވެ.
އެމ.ްޑީ.ޕީ ގެ އަސާސީ ޤަވާއިދުގެ 10 ވަނަ މާއްދާ (މަގްސަދު) ގައިވާ ގޮތުން އެޕާޓީގެ ރޫޙު ވަރަށް ސާފެވެ، އަދި އެޕާޓީގެ ވެރިކަންތަކުގައި ފޯކަސްކޮށްފައިވަނީ މުޅިންވެސް ދިވެހި ރައްޔިތު މީހާއަށް އުފާވެރި ދިރިއުޅުމެއް ލިއްބައިދިނުމުގެ އާމާޒުގެ މައްޗަށްކަން އޮތީ ފެންނާށެވެ. އެހެން ކަމަށްވާނަމަ އެހެން ޕާޓީތަކުގެ އަމާޒަކީ އެކަން އެހެން ވިޔަނުދިނުންބާއޭ ހިތައްއަރައެވެ. ނޫނީ އެހެން އެ ފަރާތްތަކުން ބުނަ މުން އެގެންދަނީ ކުރިން އިޝަރާތްކުރި "ލާ-ދީނީ" ޓެގް ގެ ސަބުން ބާއެވެ.
ރާއްޖެއަށް ސިޔާސީ ހަލަބޮލިކަން އަންނަން ފެށި ހިސާބުން އިސްލާހީ ޙަރަކާތުގައި އުޅުއްވި އިސް ބައެއް ބޭފުޅުންނަށް އަމާޒްކޮށް އިސްލާންދީނާ ދުރު ލާ-ދީނީ ވިސްނުމުގެ ފަރާތްތަކެއްގެ ގޮތުގައި އޭރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރަންފެށުމާއެކު އެފަރާތަކުގެ ބައިވެރިންގެ ގޮތުގައި އެމް.ޑީ.ޕީ އާއި ގުޅުނު ހުރިހާ ރައްޔިތުންނަށްވެސް އެ ޓެގް ލިބިގެން ދިޔައެވެ.
އެހެންކަމަށްވާނަމަ މިހާރު އުފެދޭ ސުވާލަކީ އޭރު އެ ޓެގް ލިބުނީ އ.ެމްޑީ.ޕީ ގައި އިސްކޮށް އުޅުނު ބައެއްފަރާތްތަކާމެދު ދެކެވެމުން އައި ގޮތަކުން ކަމަށްވާނަމަ އެފަރާތްތައް މިހާރު އެމް.ޑީ.ޕީ ދޫކޮށް ދިޔުމާއެކު އަދި އެފަރާތްތަކާ ބައިވެރިވެ ސިޔާސީ ޙަރަކާތް ހިންގާ ހުރިހާ ފަރާތްތަށް މިހާރު ލާ-ދީނީ ވީބާއެވެ؟ ނޫނީ މިހާރު ލާ-ދީނީ ޓެގު އޮތީ ކޮންތާކުބާއެވެ؟
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
