މިދިޔަ އަހަރު 258 މިލިއަން މީހުނަށް ކާބޯތަކެތީގެ ދަތިކަން ދިމާވި

މިދިޔަ އަހަރު 258 މިލިއަން މީހުނަށް ކާބޯތަކެތީގެ ދަތިކަން ދިމާވި
ލިޔުން:
މިދިޔަ އަހަރު 58 ގައުމެއްގެ 258 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވި ކަމަށް އދ އިން ބުނެފިއެވެ.
ކާބޯތަކެތީގެ ދަތިކަން ދިމާވި މައިގަނޑު ސަބަބަކީ ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ އިތުރުން ރަޝިޔާ އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް އދގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
އދ އާއި ޔޫރަޕިއަން ޔޫނިއަން ގުޅިގެން އެހީދޭ ޖަމިއްޔާތަކުގެ ގްރޫޕެއް ކަމަށްވާ ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސްގައި ނެރެފައިވާ ރިޕޯޓްގައި ބުނީ ހަތް ގައުމެއްގައި (ސޯމާލިއާ، އަފްގާނިސްތާން، ބުރްކީނާ ފާސޯ، ހައިޓީ، ނައިޖީރިއާ، ދެކުނު ސޫދާން އަދި ޔަމަނު) މީހުން ބަނޑުހައިހޫނުކަމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ބަނޑުހައިހޫނުކަން ނައްތާލުމަށް އދ.ގެ ލަނޑުދަނޑިތަކަށް ވާސިލުނުވެ ދުނިޔެ ފެއިލްވެފައިވާކަން ހާމަވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ވިދާޅުވެފައެވެ.
ގުޓެރޭޒް ވިދާޅުވީ ފަގީރުކަން އިތުރުވުމާއި، ތަރައްގީ ދަށްވުމާއި، މޫސުމީ ކާރިސާތަކާއި ގުދުރަތީ ކާރިސާތަކުގެ ސަބަބުން ވެސް އެކަށީގެންވާ ވަރަށް ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަންގެ ރެއިން ޕައުލްސަން ވިދާޅުވީ ބަނޑުހައިހޫނުކަން އުފެދެނީ ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ބަލިމަޑުކަމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަދި ސަންފްލާވާ ތެޔޮ ފަދަ މުހިންމު ބާވަތްތަކުގެ ވިޔަފާރީއަށް ބުރޫ އަރާފައިވާތީ ކަމަށެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގެ އިމްޕޯޓަށް ބަރޯސާވާ ފަގީރު ގައުމުތަކަށް ވަނީ ގެއްލުންވެފައެވެ.
ޕައުލްސަން ވިދާޅުވީ އަގުތައް އުފުލި، އެ ގައުމުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. ކާބޯތަކެތީގެ ކާރިސާތައް ދިމާވުމުގެ ކުރިން އަންދާޒާކޮށް ހުއްޓުވޭނެ ދަނޑުވެރިކަމުގެ ހައްލުތަކަށް އިތުރު ފައިސާ ހަރަދުކުރެވޭ ގޮތަށް ބޮޑު ބަދަލެއް ގެނައުމަށް އޭނާ ގޮވާލެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
