މާލެ: 31°C

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން މަޝްވަރާ ކުރަމުން އަންނަކަން އެމެރިކާގެ ރައީސް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފި

January 29, 2025
204 ފަހަރު ބަލާފައި
މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން މަޝްވަރާ ކުރަމުން އަންނަކަން އެމެރިކާގެ ރައީސް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފި
މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން މަޝްވަރާ ކުރަމުން އަންނަކަން އެމެރިކާގެ ރައީސް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފި އެވެ.

މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން މަޝްވަރާ ކުރަމުން އަންނަކަން އެމެރިކާގެ ރައީސް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފި އެވެ.

އެމެރިކާއިން ވަނީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކްގެ އެމެރިކާ އޮޕަރޭޝަން ޗައިނާ ނޫން ކުންފުންޏަކަށް ވިއްކާލައިގެން ނޫނީ އެ ގައުމުގައި ޓިކްޓޮކް ނުހިންގޭ ނެ ގޮތަށް ފެޑަރަލް ނިންމުމެއް ނިންމާފައެވެ. އެއާއެކު ޓިކްޓޮކް އިން އެމެރިކާގެ ސްޕްރީމް ކޯޓަށް ހުސަހެޅި މައްސަލާގައި ސްޕްރީމް ކޯޓުން ނިންމާފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްނަމަ ފެޑަރަލް ނިންމުމުގައި މައްސަލައެއް ނެތްކަމަށް ނިންމާފައެވެ.

ސްޕްރީމް ކޯޓްގެ ނިންމުމާއެކު ޓިކްޓޮކް އިން ވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެމިރާކަށް ޓިކްޓްކް ހުއްޓާލުމަށް ނިންމަވާފައެވެ. ނަމަވެސް އަލަށް ހުވާކުރެއްވި ރައީސް ޓިކްޓޮކްގެ މައްސަލަ ހައްލުކުރުމަށް އިތުރު 75 ދުވަސް ދެއްވަން ނިންމެވުމާގުޅިގެން އަލުން ޓިކްޓޮކްގެ ޚިދުމަތް އެމެރިކާއަށް ދޭން ވަނީ ފަށާފަ އެވެ.

2020 ވަނަ އަހަރުވެސް މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަން ވަނީ މަޝްވަރާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ